އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
”ގޯތިގެދޮރު“ ޕްރޮގްރާމްގައި ދެ ކެޓަގަރީ ހިމެނޭއިރު ކެޓަގަރީ އެކެއްގައި ހިމެނެނީ މާލޭ ރަށްވެހިންނެވެ. އަދި ދެވަނަ ކެޓަގަރީ ހާއްސަ ކޮށްފައި ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށެވެ.
އެ ޕްރޮގްރާމުން ގޯއްޗަށް އެދި ކުރިމަތިލާން ޖެހެނީ ބޯހިޔާވަހިކަން ޕޯޓަލު މެދުވެރިކޮށެވެ. އެ އުސޫލުގެ ދަށުން ދޫކުރާނީ ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯއްޗެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހައުސިން މިނިސްޓްރީގެ ހޮޓްލައިން ނަމްބަރުތަކަށް ގުޅައިގެން ލިބޭނެއެވެ.
ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތްނަމަ، އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އޮތް ޝަކުވާއަށް ޙައްލެއް ހޯދައިދިނުމަށެވެ. މިގޮތުން އެގޮތަށް ނިންމާ އެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންމެ އާއިލާއަކީވެސް އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ އާއިލާއަކަށް ހެދުމަށެވެ.
![]()

One Response
ފޯމާއި އެކު ޚަބަރު ޖަހާލައިފަވާ ނަމަ ފޯމް ހޯދަން އުޅޭ ބޭފުޅުންނަށް ވެސް އެހީތެރި ކަމެއް ފޯރު ކޮއްދެވޭނެ