މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ސިނަމާލޭ ބްރިޖުގައި ފުރޮޅާލައިފިއެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 09:45 އެހާކަންހާއިރުއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ ޕިކަޕް ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް، އަރި އަޅާލައި ފެންސުގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
![]()
