ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި

Loading

Facebook
Twitter
WhatsApp

މާލޭގައި ހުންނަ ވެމްކޯ ސައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އޭނާ އަށް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.


ފުލުހުން މިރޭ ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ.
”މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުން“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް