ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

Loading

February 22, 2026
profile
Facebook
Twitter
WhatsApp

މާލޭން ގެއްލިގެން ހޯދަމުންދިޔަ އިބްރާހީމް އިމްތިޔާޒް ޢަލީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 10:25ގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި ވާކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިބްރާހީމް އިމްތިޔާޒް ޢަލީ ގެއްލިގެން ހޯދަން ފަށާފައިވަނީ މި މަހުގެ 13ވަނަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ގެއިން ބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާކަމަށް، މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޢާއިލާއިން ފުލުހުންނަށް އެންގުމާ ގުޅިގެންނެވެ.އޭނާ ހޯދުމުގައި އެހީތެރިވުމަށް އެދި ފުލުހުން އޭރު ވަނީ އާންމުންގެ ކިބައިންވެސް އެދިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް