ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ ދަނީ ގަދަޔަށް ފެތުރެމުން: އެޗްޕީއޭ

Loading

February 12, 2026
profile
Facebook
Twitter
WhatsApp

ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ މި ދުވަސްވަރު ދަނީ ގަދަޔަށް ފެތުރެމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭން ވަނީ މިކަމާ ގުޅިގެން ސަމާލުކަންދޭންވީ ބައެއް ކަންތައްތަކާގުޅޭ އިރުޝާދު ދީފައެވެ.

މިގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ ތެރޭގައި، ކައްކައި ކާން ތައްޔާރުކުރުމުގައި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމާއި، ކާތަކެތީގައި މަތިޖަހާފައި ބެހެއްޓުމާއި، އަދި ކާތަކެތި ގިނައިރު ބަހައްޓަން ޖެހިއްޖެނަމަ އައިސްއަލަމާރީގައި ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން، ފާޚާނާކޮށް ނިމިގެން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ހިމެނެއެވެ.

އަދި ހޮޑުލައި، ބޭރަށްހިންގާނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އޯއާރްއެސް (ލޮނު ޕެކެޓު) ބޭނުންކުރުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް