މި މަހުގެ ދެވަނަ ދުވަހު ނިޔާވި 2 ގައިދީއެއްގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަނީ

Loading

Facebook
Twitter
WhatsApp

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، މި މަހުގެ ދެވަނަ ދުވަހު ނިޔާވި 2 ދިވެހިންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަވާކަމަށް ފުލުހުން ބުނެފިއެފެ.

ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ވަނިކޮށް ނިޔާވެފައިވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ޙަސަން ނިޔާޒު (45އ) އާއި، މާލޭ ދަފްތަރު ނަންބަރު ދރ 439، އިބްރާހީމް ސުހައިލް (53އ) އެވެ.

ކަރެކްޝަނުން ބުނީ، އިބްރާހީމް ސުހައިލް ނިޔާވީ އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވީފަހުން ނިއުމޯނިއާ ޖެހިގެން ކަމަށެވެ. އަދި މި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު ދިމާވި ކުއްލި މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ފެށި އިރުވެސް ހަސަން ނިޔާޒު ނިޔާވެގައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

އެހެންކަމުން އެ ތަހުގީގުގެ ބޭނުމަށް އެ ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް މިހާރު ނިންމާފައިވާ ކަމަށް ފުުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް