ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ފަށައިފި

Loading

Facebook
Twitter
WhatsApp

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ.
ެާއާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގިރާވަރު ފަޅުން 4،072 ގޯތި ދޫކުރާނެ އެވެ.


ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގޯތި ލިބިފައިވާ މީހުންނަށް ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދުތަކަށް ވަނީ ބަދަލު އައިސްފައެވެ.
އެހެންކަމުން މިއަދު ހެނދުނު 9:30 ގައި ވަނީ ގޯތި ލިބުނު މީހުންގެ ގުރު ނެގުން ފަށާފައެވެ.
ގުރުއަތުލުމުގެ ކަންކަން ކުރިއަށްދާނީ ގޯތި ލިބުނު މީހުންގެ ކުރިމަތީގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.
އެގޮތުން ގުރުނަގަމުން ދާއިރު، ކޮންމެ ފަރާތަކަށްވެސް ލިބޭ ޕްލޮޓްގެ މަޢުލޫމާތު ’ހިޔާވެހި ޕޯޓަލް‘ މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި އެ ފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އަންގަމުންދާނެއެވެ.
ގުރުއަތުލާ ހޯލަށް ވަދެވޭނީ ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށެވެ.

Loading

One Response

  1. އިލެކްޝަނެއް ބޯމަތިވަނީތޯއެވެ. ކޮންމެ އިލެކްޝަނަކާއި ދިމާކޮށް ހުރިހާ ލީޑަރުންނޭމިކިޔާ މީހުން ހަމަ ތިފަދަ ޗައްކަރު ޖައްސައެވެ. ދެން މިފަހަރުވެސް ބަލަންތިބޭނީ ނިމިދާގޮތެއް

Leave a Reply

ފަހުގެ އަޕްޑޭޓް