ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެއް: ހުތުބާ

Loading

Facebook
Twitter
WhatsApp
މާލޭގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަނީ

ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ، ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ”ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ.“ މިއެވެ.

އެ މައުޟޫޢުގައި ދިން ހުކުރު ހުތުބާގައި ވަނީ މިއީ އަހަރެމެންގެ ދަރީން، އައު ޢަޒުމަކާއެކު ދިރާސީ އައު އަހަރުގެ ދަތުރު ފެށި ހަފުތާކަން ހަނދާންކޮށްދީ މަދަރުސާގެ ދޮރޯށިތަކުން ދަރިވަރުން ވަންނަ މަންޒަރުން، އުންމީދުތައް އައުކޮށްދޭކަން ހަނދާންކޮށްދީފައެވެ.

ހުތުބާގައި ބުނީ މިއީ އެ ދަރީންގެ މުސްތަޤުބަލު ބިނާކުރުމުގެ އައު ބާބެއްގެ ފެށުން ކަމަށާއި އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއްނޫން ކަމަށެވެ.

”ޢިލްމު ހޯދުމުގެ މަގެއްގައި ހިނގައިފި މީހަކަށް، ސުވަރުގެވަންނާނޭ މަގެއް މާތް الله ފަހިކޮށްދެއްވާނެތެވެ.“ ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މުދައްރިސުންނަކީ ޢިލްމު އުނގަންނައިދިނުމުގެ މަތިވެރި ވަޒީފާ ޚިޔާރުކުރައްވައިގެން ތިއްބެވި މުރައްބީން ކަމަށާއި ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށް ރޯޝަންކޮށްދޭ ދަންމަރުތަކެއް ކަމަށެވެ.

އަދި ކޮންމެ މާއްދާއެއް ކިޔަވައިދިންކަމުގައި ވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް ފެއްތުމަކީ މުދައްރިސުންގެ މަސްއޫލިއްޔަތެއް ކަމަށާއި އެއީ ނުހަނު ބޮޑު އަމާނާތެއް ކަމަށާއި އެހެންކަމުން އިސްލާމްދީނުގައި ޢިލްމުވެރީންގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެންވާ ކަަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް