ކުވޭޭތުގައި ކައިވެންޏާއި ވަރި ގިނަވަމުންދިއުން ހައްލުކުރަންޖެހިފައި

Loading

Facebook
Twitter
WhatsApp

ކުވޭތުގެ ޖުމުލަ އާބާދީއަކީ ގާތްގަނޑަކަށް 5 މިލިއަނެވެ. އޭގެތެރޭގައި ކުވޭތަށް ނިސްބަތް ކުރެވެނީ ހަމައެކަނި 1.55 މީހުންނެވެ. ދެންތިބީ އެހެން ގައުމުތަކަށް ނިސްބަތްކުރެވޭ އެކަމަކު ކުވޭތުގެ ރަށްވެހިންނެވެ. އޭގެތެރޭގައި އަރަބި ގައުމުތަކަށް އުފަން މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް %27 އެވެ. އަދި ދެކުނު އޭޝިއާއަށް ނިސްބަތްކުރެވޭ ގާތްގަނޑަކަށް %37 އާއި އެފްރިކާގެ ގައުމުތަކަށް ނިސްބަތްކުރެވޭ %2 ރައްޔިތުން ހިމެނެއެވެ.

ބިދޭސީ މަސައްކަތްތެރިން ގިނަވުމުގެ ސަބަބުން ކުވޭތުގެ ފިރިހެނުންގެ އާބާދީ އަކީ %61 އެވެ. ކުވޭތުގެ ޕަރކެޕިޓާ ޖީ ދީ ޕީ އަކީ ގާތްގަނޑަކަށް ބޮލަކަށް ބައިލައްކަ ޑޮލަރެވެ. އާންމު މަސައްކަތު މީހުންގެ މުސާރަ އަކީ ގާންގަނޑަކަށް 1000 އާއި 3000 ކުވޭތު ޑީނާރެވެ. ކުވޭތު ދީނާރަކީ ގާތްގަނޑަކަށް 3 އެމެރިކާޑޮލަރެވެ. ފަހަކަށް އައިސް ކުވޭތުގައި ކައިވެންޏާއި ވަރި ވަނީ އިތުރު ވެފައެވެ. މި މައްސަލައަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ގާނޫނާއި ގަވައިދުތައް ބަދަލުކުރަމުން ގެންދާކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. މިދިޔަ އަހަރު ނޮވެމްބަރ މަހުގެ ނިޔަލަށް ކުވޭތުގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ރިކޯރޑް ތަކުން އެނގޭގޮތުގައި ކޮންމެ 34 މިނިޓަކުން ކައިވެންޏެއް ރަޖިސްޓަރި ކުރެވޭއިރު ކޮންމެ 75 މިނިޓަކުން ވަރިއެއް ރަޖިސްޓަރި ކުރެވިފައި ވެއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ރިސާރޗް އެންޑް ސްޓޭޓިސްޓިކްސް ޑިޕާރޓްމެންޓްގެ ޝަރީޢާ ނޮޓަރައިޒޭޝަން ޑިޕާރޓްމެންޓުގެ 2025 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެތައް ހާސްބަޔަކު އަލަށް އިސްލާމްދީން ގަބޫލު ކުރުމާއި ކައިވެންޏާއި ވަރި އަދި ކައިވެންޏާގުޅޭ ދެބަސްވުންތައް ސުލްހަ ކުރުމވުމަށްޓަކައި ޝާރީއާ ނޮޓަރައިޒޭޝަންގެ ޚިދުމަތް ބޭނުންކުރުން އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އެ ޑިޕާރޓްމެންޓުގެ ތަފާސްހިސާބުތަކުން ދައްކާފައިވާގޮތުގައި މިދިޔަ ނޮވެމްބަރު މަހު އެކަނި 1252 ކައިވެނި ނުވަތަ ސުލްހަވުމާބެހޭ މައްސަލަތައްވަނީ ހުށައަޅާފައެވެ.. މީގެތެރެއިން %73 އަކީ ކުވޭތަށް ނިސްބަތްވާ ރައްވެހިންގެ ކައިވެނިތަކެވެ. ކުވޭތުގެ ފިރިހެނުން ބިދޭސީ އަންހެނުންނާ އިނުން ގާތްގަނޑަކަށް %8 ގައި އުޅޭއިރު ކުވޭތުގެ އަންހެނުން ބިދޭސީ ފިރިހެނުންނާ އިނުން ރަޖިސްޓަރީ ކުރެވިފައިވަނީ %2.3 އެވެ. ކުވޭތުގައި ދިރިއުޅޭ ބިދޭސީންގެ ކައިވެނި އުޅެނީ 16% ގައެވެ. ހަމައެމަހުގެ ތެރޭގައި 595 ވަރިކުރުންވެސް ވަނީ ރަޖިސްޓަރީ ކޮށްފައެވެ. އެއީ ދުވާލަކު 20 ވަރިއެވެ. އެހެންގޮތަކަށް ބުނާނަމަ ގާތްގަނޑަކަށް ކޮންމެ ގަޑިއަކު ވަރިއެކެވެ. ކުވޭތުގެ ރައްވެހިންގެ މެދުގައި ގާތްގަނޑަކަށް 4 ކޮންޓްރެކްޓް ކައިވެނި ދުވާލަކު ރަޖިސްޓަރީ ކުރެވިފައިވާއިރު ކުވޭތުގެ ފިރިހެނުންނާއި ބިދޭސީ އަންހެނުންގެ އެފަދަ ކައިވެނި އުޅެނީ ގާތްގަނޑަކަށް %54 ގައެވެ. ރަސްމީ ހިސާބުތަކަށް ބަލާއިރު 2025 ނޮވެމްބަރުގެ ނިޔަލަށް އެވްރެޖްގޮތެއްގައި ދުވާލަކު 1745 ކައިވެނި ރަޖިސްޓަރީ ކޮށްފައިވެއެވެ. އަލަށް އިސްލާމްވީ މީހުން އޮންލައިންކޮށް 58 ކައިވެނިކޮށްފައިވެއެވެ. އަދި ގައުމިއްޔަތެއް ރަޖިސްޓަރި ކޮށްފައިނުވާ ރެފިއުޖީންވެސް 1115 ކައިވެނި ކޮށްފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް