ސުލްހައަށް މަގެއް ނުފެނި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަދިވެސް ދަނީ ކުރިއަށް

Loading

Facebook
Twitter
WhatsApp

ރަޝިޔާ އާއި ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގާ ނޭޓޯ މެމްބަރު ގައުމެއްކަމުގައިވާ ޕޯލޭންޑް އާއި 50 މޭލު ކައިރީގައި އޮންނަ ޔޫކްރެއިންގެ އެލްވިވްއަށް ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ރަޝިޔާގެ ބާރުގަދަ އޯރޝެނިކް މިސައިލުން ހަމަލާދިނުން ޔޫ. އެން. ސެކިއުރިޓީ ކައުންސިލްގައި ރަޝިޔާ ކުށްވެރި ކޮށްފިއެވެ.

އެ ހަމަލާގައި ތިންސަތޭކަ ވަރަކަށް ޑްރޯނާއި ވިއްސަކަށް މިސައިލް ރަޝިޔާއިން ބޭނުންކޮށްފައިވާކަމަށް ޔޫކްރެއިންގެ އެއާރފޯސް އިން ބުނެފައި ވެއެވެ. އަދި އޭގެތެރޭގައި އޯރޝެނިކްހައިޕަރސޯނިކް މިސައިލެއްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
ރަޝިޔާއިން މެކް ސްޕީޑުން 10 އަށްވުރެން ބާރަށް އެހެންގޮތަކަށް ބުނާނަމަ ސިކުންތަކު ގާތްގަނޑަކަށް 125 މޭލުގެ ދުވެލީގައި ދަތުރުކުރާ އޯރޝެނިކް ހައިޕަރސޯނިކް މިސައިލް ބޭނުންކުރުން އިނގިރޭސި ވިލާގެ ސަފީރު ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ޔޫ. އެން. ގެ ހުރިހާ މެމްބަރުންވެސް ރަޝިޔާގެ މި އަމަލު ކުށްވެރިކުރަން އެ މަނިކުފާނު ގޮވާލެއްވިއެވެ. އަދި އޭގެ ސަބަބުން ގެއްލިގެންދާނީ ހަމައެކަނި ޔޫކްރެއިންގެ ރައްކާތެރިކަން ނޫންކަމަށާއި މުޅި ދުނިޔެއަށްވެސް އޭގެ ނުރައްކާތެރިކަން ފޯރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
މިހާރަކަށް އައިސް ރަޝިޔާގެ ހަމަލާތައް އަމާޒުކުރަމުންގެންދަނީ ޔޫކްރެއިންގެ ޕަވަރ ގްރިޑް ތަކަށް ކަމަށާއި ކީވް ވެސް ހިމެނޭގޮތުގައި ގިނަ ސަރަހައްދު ތަކަކުން ކަރަންޓްކެނޑިފައިވާ ކަމަށްވެސް ޔޫކްރެއިންގެ މިލިޓްރީން ބުނެފައިވެއެވެ. އެންމެ ފަހުން ދިން ހަމަލާގައި 4 މީހަކު ވަނީ މަރުވެފައެވެ.
ގާތްގަޑަކަށް ހަތަރު އަހަރު ވަމުންދާ މި ހަނގުރާމައަށް ނިމުމެއް ގެނައުމަށް އެމެރިކާގެ ރައީސް ކެނޑިނޭޅި މަސައްކަތްކުރައްވަމުންގެންދަވާއިރު ރަޝިޔާގެ ހަމަލާތައް ވަރުގަދަ ކުރުމުން މަސްރަޙް އިތުރަށް ގޯސްވުން ނޫން ނަތީޖާއަކާ ހަމަޔަށް ނުދެވޭނެކަމަށް ޔޫ އެން ގައި ހުންނަވާ އެމެރިކާގެ ސަފީރުގެ ނައިބު ޓަމީ ބުރޫސްވަނީ ވިދާޅވެފައެވެ.
ރޭގެ ވަގުތެއްގައި ޔޫކްރެއިން ނޭވީންނާއި އަލްފާ ސްޕެޝަލް އޮޕަރޭޝަން ސަރވިސް ސެންޓަރ ގުޅިގެން ރަޝިޔާގެ ޓަގަންރޯގްގައި ހުންނަ ޑްރޯން އުފައްދާ އެޓްލާންޓް އެއަރޯޕްލާންޓަށް ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާގެ ސަބަބުން އެ ތަނުގައި ޑްރޯން އުފެއްދުމަށް ހުރަސްތަކެއް އެޅިގެންދާނެއެވެ.
ރޭގައިރަޝިޔާއިން ދިން ހަމަލާގައި ތިން ސަތޭކަ ވަރަކަށް ޝާހިދު މަރުކާގެ ޑްރޯނާއި 10 ބެލިސްޓިކް މިސައިލް އަދި 7 ކުރޫޒް މިސައިލް ރަޝިޔާއިން ބޭނުންކޮށްފައިވާކަމަށް ޔޫކްރެއިނުންވަނީ ބުނެފައެވެ. އަދި އެ ހަމަލާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ޑނިޕްރޯ އަށާއި ޒީތޮމީރު އަދި ޒަޕޯރިންޒިއާ އާއި ވެރިރަށް ކީވް އަދި އޮޑިއްސާއާއި ސުމީއަށާއި ޚަރްކީވް އާއި ޑޮނެސްކް ސަރަހައްދަށް ވަނީ ލިބިފައެވެ. ރަޝިޔާއިން ހަމަލާދޭން ބޭނުންކުރި ޑްރޯންތަކުގެ ތެރެއިން 240 ޑްރޯން އާއި 7 މިސައިލް ޖައްވުތެރެއަށް ހަލާކުކޮށްލެވުނުކަމަށް ޔޫކްރެއިނުން ބުނެފައި ވެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ބައިވެރިން ފޯރުކޮށްދޭންކަމަށް ވައުދު ވަމުންގެންދާ ހަތިޔާރުތައް ޔޫކްރެއިނަށް ލިބިއްޖެނަމަ ފިނިމޫސުމުގައުވެސް ރަޝިޔާ ބަލިކުރެވިދާނެކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވިއެވެ.
ޔޫ. އެން. ގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ޔޫކްރެއިނަށް އިންޒާރު ދެއްވާފައިވަނީ ހަނގުރާމަ ހުއްޓުމަށް ރަޝިޔާއިން ހުށައަޅާފައިވާ ޝަރުތުތަކަށް އެއްބަސް ވުމަށެވެ. އެނޫންގޮތެއްގައި ރަޝިޔާއިން ހަނގުރާމައިން އެއްފަރާތަށް ޖެހޭނެ ގޮތެއް ނޯންނާނެކަން ދޭހަވާ ބަސްފުޅުތަކެއްވަނީ ބޭނުންކުރައްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް