ބޯހިޔާވަހިކަމަށް އެދި ހުށަހެޅުން އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި

Loading

January 15, 2026
profile
Facebook
Twitter
WhatsApp

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާގޮތަށް ފަސްކޮށްފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިން ބުނެފައިވަނީ އެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެ ވުޒާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އަންނަ އާދިއްތަ ދުވަހަށް މިކަން ލަސްކޮށްފައި މި ވަނީ، ކުރިއަށް އޮތީ ހަފުތާ ބަންދު ކަމަށް ވާތީ، ދިމާވެދާނެ ދަތިތަކެއް ހުރުމުން ކަމަށެވެ.

މި އިޢުލާނުގައި ބުނެފައި ވަނީ، ”ވަރަށް ގިނަ ފަރާތްތަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީއާއި، ހަފުތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، 18 ޖެނުއަރީ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 9.00ގައި ޕޯޓަލް އާންމުކޮށް ހުޅުވަން“ ނިންމާފައި ވާކަމަށެވެ.

އާދީއްތަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ މި ފުރުސަތުގައި ފޯމު ހުށަހަޅަންޖެހެނީ ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށެވެ.

ބޯހިޔާވަހި ކަމުގެ މަޝްރޫޢަކީ ޚާއްޞަކޮށް މާލޭ ސަރަހައްދުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މަޝްރޫޢެކެވެ. މީގެ އެއް ސަބަބީ މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަކީ ގެދޮރުވެރިކަމުގެ ދަތިކަން އިންތިހާއަށް ތަހަންމަލު ކުރަމުންދާ ބަޔަކަށް ވެފައި ވާތީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް