އީރާނުގެ 5 އަންހެން ސައެންސްވެރިން މިއަހަރު ދުނިޔޭގެ އުސްއަލިތަކުގެ ކުރިމައްޗަށް

Loading

Facebook
Twitter
WhatsApp

މިއަހަރު ނިމިގެންދާއިރު ފާހަގަކޮށްފައިވާ ޚާއްސަ ވަނަތައް ހޯދި އަންހެން ބޭކަނބަލުންގެ ތެރޭގައި އީރާނުގެ 5 އަންހެން ސައެންސްވެރިޔަކު ދުނިޔޭގެ އުސްއަލިތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ކެންސަރ ބައިލޮޖީއާއި ރިޖެނެރެޓިވް މެޑިސިން އާއި  ނެނޯޓެކްނޯލޮޖީ އާއި ފާރމަސިއުޓިކަލް އިނޮވޭޝަން އަދި ޓްރެޑިޝަނަލް މެޑިސިންގ ގެ ރޮނގުން އެ 5 ބޭފުޅުން މިވަނީ ރަންވަނަތަކެއް ހޯދުމުގައި ދުނިޔޭގެ ސަރަހައްދުތައް ހުރަސް ކުރައްވާފައެވެ.

އިގްތިސާދީ ފިއްތުންތަކާއި ޖިއޯޕޮލިޓިކްސް ދުއްތުރާތަކާއި އަދި ލިބެންހުރި މަދު ވަސީލަތް ތަކާއެކުގައިވެސް އެ ކަނބަލުންވަނީ ދިވެހިންގެ ހަރުބަހެއްގައި ބުނެއުޅޭފަދައިން މޮޅުވުމަކީ އިސްނެގުމެއް ނޫންކަން ދުނިޔެއަށް ހާމަކޮށްދީފައެވެ.                             

މޮލިކިއުލަރ އޮންކޮލޮޖީ  ޓު ހާރޓް ޓިޝޫ އެންޖިނިއަރިންގ އިން އަދި ނެނޯ-ބޭސްޑް ތެރަޕިއުޓިކްސް ޓު އެވިޑެންސް-ބޭސްޑް ޓްރެޑިޝަނަލް މެޑިސިން އިން އެ ކަނބަލުންގެ ޚިދުމަތް ފޯރުކޮށް ދެއްވާފައިވަނީ ހަމައެކަނި އީރާނުގެ ސައެންސަކަށް ނޫނެވެ. ސިއްހީ ޚިދުމަތްތައް ތަނަވަސްކޮށް ފުޅާކުރުމުގައި ވެސް އެ ކަނބަލުންގެ ޚިދުމަތާއި ތަޖްރިބާ ބައިނަލް އަގްވާމީ ދުނިޔޭގައިވެސް ދަނީ ފާހަގަކޮށް މަރުޙަބާ ކިޔަމުންނެވެ.                                  

މުސްތަފާ ސައެންސް އެންޑް ޓެކްނޯލޮޖީ ފެސްޓިވަލްގައި ކޮންމެ 2 އަހަރަކުން އެއްފަހަރު 40 އަހަރުން ދަށު އުމުރުފުރައަށް ދެމުން އަންނަ މެޑަލް މިފަހަރު ލިބުނީ މޮލިކިއުލަރ ބައިއޮލޮޖިސްޓް، އެޑްވާންސިންގ ކެންސަރ ޓްރީޓްމެންޓް، އިން  ޑޮކްޓަރ ސެޕިދާ މިރްޒާއި ވަރްޒެގަނީއަށެވެ. އެކަމަނާއަކީ މިހާރު ތެހެރާނުގެ އާޒާދު އިސްލާމިކް ޔުނިވަރސިޓީގެ ރިސާރޗް ގޮފީގެ އެސިސްޓެންޓް ޕްރޮފެސަރެކެވެ.                                                   

މުސްތަފާ ސައެންސް އެންޑް ޓެކްނޯލޮޖީ ފެސްޓިވަލްގައި ރެޖެނެރެޓިވް މެޑިސިންގ ގެރޮނގުން މެޑެލް ލިބިވަޑައިގަތީ ޑޮކްޓަރ ސާރާ ޕަހެލަވާން އަށެވެ. އެކަމަނާ ޚާއްސަ ކުރެވިފައިވަނީ ޑިވެލޮޕްމެންޓް އިން ބައިއޯ އެންޖިނިއަރޑް ހާރޓް އިޝޫ އިންނެވެ. އެކަމަނާ މިހާރު ޚިދުމަތް ކުރައްވަނީ ރޯޔާން އިންސްޓިޓިއުޓުގެ ކާރޑިއޯ ވަސްކިއުލަރ ގުރޫޕްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައެވެ.                                               

އެ ޙަފްލާގައި ނޭނޯ ބައިޓެކްނޯލޮޖީ އެންޑް ނޭނޯ މެޑިސިންގެ މެޑެލް ލިބިވަޑައިގެންނެވި ބީ ބީ ފާތިމާ ހާޖިރް ސާދާތު ވަނީ 2018 ވަނައަހަރު އެމްސްޓަރޑާމްގެ ވީ ޔޫ ސެންޓަރުން ޑޮކްޓަރޭޓް ހާސިލް ކުރައްވާފައެވެ. ފާތިމާގެ ތަޢުލީމީ ކާމިޔާބުގެ އިތުރުން ސައެންސުގެ އާ ހޯދުންތަކާއި ޓެކްނޯލޮޖީގެ ތަފާތު ހުނަރުތައް ދިރާސާ ކުރެއްވުމުގައި ގެންދަވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވަމުންނެވެ.                                               

ޝަރަފްގެ މެޑެލް ލިބިވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑޮކްޓަރ މާރިޔާ ބައިހަގީއެވެ. އެކަމަނާ ޚާއްސަ ކުރެވިފައިވަނީ ނިއުރޯޖެނެރެޓިވް ބަލިތަކަށް ފަތްޕިލާވެލީގެ ވަސީލަތުން ބޭސްކުރެވިދާނެ ގޮތްތައް ދިރާސާ ކުރުމުގެ ރޮނގުންނެވެ. މިހާތަނަށް އަލްޒައިމަރގެ ބަލިތައްވެސް ހިމެނޭގޮތުގައި ގިނަ ކާމިޔާބީތަކެއް އެކަމަނާ ވަނީ ހާސިލް ކުރައްވާފައެވެ.                            

މެޑެލް ލިބިވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑޮކްޓަރ ރަޙީމީ އެވެ. އެކަމަނާއަކީ ފާރމް (ޑީ) އަދި ޓްރެޑިޝަނަލް މެޑިސިން އިން ޑޮކްޓަރޭޓް ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ ޚާއްސަ ކުރެވިފައިވަނީ މި ޒަމާނުގައި ކުރިއަރާފައިވާ ސައެންސުގެ އަލީގައި ޓްރެޑިޝަނަލް މެޑިސިން ގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދިރާސާ ތަކުންނެވެ. އެކަމަނާ ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި މިހާތަނަށް 200 ވަރަކަށް ފޮތް ޝާއިއުކުރައްވާފައި ވެއެވެ.

އެ ކަމަނާ ގެންދަވަނީ ޓްރެޑިޝަނަލް މެޑިސިންގެ ފައިދާތަކަށް އީރާނުގެ ރައްޔިތުންގެ އިތުބާރު ހޯއްދަވަމުންނެވެ. 30 އަހަރަށްވުރެ ގިނަދުވަސްތަކެއްގައި އެމެރިކާގެ ޢުދުވާނީ ދަތިކުރުމުގެ ފިޔަވަޅުގައި ދަށުގައިވާ އިސްލާމިކް ރިޕަބްލިކް އީރާން ސައިންސް އާއި ޓެކޮނޮލީގެ ގޮތުންނާއި މިލިޓަރީގޮތުން ދުނިޔޭގެ ބާރުގަދަ ދިހަ ގައުމުގެ ތެރޭގައި މިހާރު އެވަނީ ހިމެނިފައެވެ.     

Loading

Leave a Reply

ފަހުގެ އަޕްޑޭޓް