އިސްރާއީލުން ގައްޒާގައި ކުރާ އެއްވެސް ކަމަކާ ދޭތެރޭ އަހަރެންގެ ފަރުވާލެއްނެތް: ޓްރަމްޕް

Loading

Facebook
Twitter
WhatsApp


ރައީސް ޑޮނާލްޑް ޓްރަމްޕުގެ މަރަ-ލާގޯ ރިސޯޓުގައި އިސްރާއީލުގެ ބޮޑުވަޒީރާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމަށްފަހު މީޑިއާއިން ގައްޒާގެ ދެވަނަ ފޭސްއާބެހޭގޮތުން ކުރިމަތި ކުރި ސުވާލަތަކަށް ޖަވާބުދެއްވަމުން ގައްޒާގައި އިސްރާއީލުން ކޮންމެ ކަމެއް ކުރިއަސް ފަރުވާލެއް ނެތްކަމަށް ވިދާޅުވެއްޖެއެވެ.

އަހަރެން ބަލަން ބޭނުންވަނީ ދެންތިބި މީހުންކުރާ ކަމަކާއި ނުކުރާކަމެކެވެ. އިސްރާއީލުން އަހަރެންގެ ހުށައެޅުމަށް ފުރިހަމައަށް އެއްބާރުލުންދޭކަން އަހަރެން ގަބޫލުކުރަމެވެ. އެކަމަކު ( ނުސީދާގޮތެއްގައި ހަމާސްއަށް އަމާޒުކުރައްވައި ) ދެންތިބި މީހުންނަނަކީ ހިތުން މާވަރުގަދަ ބައެކެވެ. އަހަރެމެން ދެވަނަ ފުރުސަތެއް ހުޅުވާދިނީމާވެސް އެ ބައިމީހުންބޭނުންވަނީ ގަދަކަން ދައްކާށެވެ.
އަހަރެމެންގެ އެންމެފަހުގެ ހުށައެޅުމުގައި އީރާނުން ބަސްކިޔާނެ ފުރުސަތު އޮންނާނީ ނައްތާލާފައެވެ. އީރާނުން ކިތަންމެ ގަދައެއް ހަދަން އުޅުނަސް އަހަރެމެން އެކަން އިސާހިތަކު ނެތިކޮށްލާނަމެވެ. އަހަރެމެން މިގެންދަނީ އީރާނަށް ފާރަލަމުންނެވެ.
ރައީސް ޓްރަމްޕްއާއި ބޮޑުވަޒީރު ނަތަންޔާހޫގެ ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ހަމާސް އާއި އިސްރާއީލް ހަނގުރާމަ ހުއްޓުމަށްފަހު ދެން ކަންތައްކުރާނެގޮތަކާ ދޭތެރޭގައެވެ. އެހެންނަމަވެސް އާންމުގޮތެއްގައި މުޅި މެދުއިރުމަތީގެ މައްޗަށްވެސް މަޝްވަރާކޮށްފައިވާކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ.
ރައީސްޓްރަމްޕުގެ ހުރިހާ ވިސްނުން އެ ބައްދަލުކުރެއްވުމުގައިއަމާޒުކޮށްފައިއޮތީ އީރާނަށް ދޭނެ ލޮޓީއަކާބެހޭގޮތުންކަން ދޭހަވެއެވެ. އީރާނުން އަނެއްކާވެސް ބެލިސްޓިކް މިސައިލް އުފެއްދުންކުރިއަށް ގެންދާވާހަކަ އަޑުއިވިފައި އޮތްކަމަށާއި މިފަހަރު އެމެރިކާއިން އަޅާނީ އީރާނުން ދުވަހަކުވެސް ހަނދާންނުނެތޭވަރުގެ ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ. އެކަމަކު މި ބާރުގަދަ ބަސްތައް ބުނަމުންގެންދިޔައިރުވެސް ދޭތެރެއަކުން އީރާނާދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ނުޖެހޭނެކަމަށް އުންމީދުކުރައްވާކަންވެސް ހާމަކުރެއްވިއެވެ. ކޮންމެއަކަސް މުޅި ބައްދަލުކުރެއްވުން ޚުލާސާ ކޮށްލާފައި ބުނާނަމަ ނަތަންޔާހޫއަށް ގެއަށް ގެންދަންލިބުނީ ޚުޝާމަދުގެ ބަސްކޮޅެކެވެ. ރައީސް ޓްރަމްޕް ވަރުގެ ގާތް ރަޙްމަތްތެރިއަކު މިހާތަނަށް ވައިޓްހައުސް އަށް އައިސްފައިނުވާކަމަށް ނަތަންޔާހޫ ބުނުމުން ޖަވާބުގައި ނަތަންޔާހޫއަކީ އެންމެ ގާތް ރަޙްމަތްތެރިޔާކަމށް ވިދާޅުވެފައެވެ.
ރައީސް ޓްރަމްގެ އިންޒާރަށް ރައްދު ދެއްވައި އީރާނުގެ ރައީސް ވިދާޅުވެފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ގޯނާކޮށްފިނަމަ އީރާނުން ރައްދު ދޭނީ ޖޫން 12 ދުވަހުގެ ހަނގުރާމައަށް ވުރެން އެތައްގުނައެއް ގެއްލުންދެނިވިގޮތެއްގައެވެ.

Loading

One Response

  1. އެހެންދޯ އެކަންވާނީވެސް. ދެރައީ އިސްލާމީ ގައުމުތަކުގައި އެތިބެ ވެރިންނޭ މިކިޔާ ބައިގަނޑަށް އެކަން އެނގެން ބޭނުންނުވާތީއެވެ. އިޒުރޭލަށް މެދުއިރުމަތީ ފިރުކިވެސް ނުލެވޭނެ އިސްލާމީއޭ މިކިޔާ ގައުމުތަކާ ދެކޮޅަށް އެ ގައުމުތަކުގައި ﷲ އާއި ﷲގެ ރަސޫލާއަށް ލޯބިކުރާ ވެރީން ތިބެނަމަ. އެހެނަސް އެމީހުންނަކީ މިޔަދު އެމެރިކާ އާއި އިޒްރޭލުގެ އެޖެންޓުނަށްވީމާ ވާނެ ހިރިހާ ކަމެއް މިދަނީ އިސްލާމީ އުންމަތަށް ވަމުންނެވެ. އަދި އެމެރިކާގެ އެޖެންޓުންގޮތުގައި އިސްލާމުން މެރުމުގެ ނުލަފާ ނުބައިފޭވުން ރާވާ އިސްލާމުން މަރާ ހަދަނީވެސް މިބުނި ނުލަފާ ވެރީންނެވެ. ޔަމަނަށް ނުވަތަ ސޫދާނަށް އެހެންވެސް އިސްލާމީ ގައުމުތަކުން މިފެންނަނީ ސައޫދީ ނޫނީ އިމެރެޓްސް ނޫނީ އެ އުޅޭ ކިންގް ޢަބުދުއްﷲ ގެ ޕްރޮކްސީ ތަކެވެ. އެ އީ ހަމަ ސީދާ އެމެރިކާ އާއި އިންގިރޭސިވިލާތުގެ ޓެރަރ ގުރޫޕް އިޒްރޭލުގެ ޕްރޮކްސީން ނެވެ. އަލްގައިދާ، އައިސިސް މިއީ މިވެރީންގެ އުފެއްދުމެވެ. އެއިން ގުރޫޕެއް އިސްރޭލަށް ޙަމަލައެއް ނުދޭނެވެ. މަރާނީ ހަމަ އަހަރެމެން މުސްލިމުންނެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް