ޔޫޕީއެޗްސީ ސެންޓަރުގައި ކުޑަކުދިންގެ ކުލިނިކެއް

Loading

December 28, 2025
profile
Facebook
Twitter
WhatsApp

މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ކުޑަކުދިންގެ ބަލިތަކާގުޅޭ ސެންޓަރެއް ހުޅުވައިފިއެވެ.

މި ކުލިނިކުން ކުޑަކުދިންގެ ޞިއްޙަތާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ކުއްޖާ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި، ފަނީބޭހާއި ވިޓަމިން-އޭގެ އިތުރުން ވެކްސިން ދިނުންވެސް ހިމެނެއެވެ.

ޚިދުމަތް ދޭ ދުވަސްތަކާއި ގަޑިތައް:

  • ވިޓަމިން އޭ އަދި ފަނީބޭސް ދިނުން: އާދިއްތަ-ބުރާސްފަތި ހެނދުނު 8:30ން ހަވީރު 3.30ށް
  • ހެދިބޮޑުވާ މިންވަރު ބެލުން: ހޮނިހިރު ދުވަހު ހެނދުނު 10:00ން މެންދުރު 2.00ށް
  • ވެކްސިން ދިނުން:
    އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 8.30ން ހަވީރު 3.30ށް
    ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 8:30ން މެންދުރު 12:00ށް

މީގެ އިތުރުން، ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާންދިނުމާ ގުޅޭ ކައުންސެލިންގ ގެ މި ޚިދުމަތާއި، އެޕޮއިންމަންޓް ހަދައިގެން އަންނަ މީހުންނަށް ވެކްސިން ޖަހައިދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

މި ސެންޓަރުގެ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ފަސޭހަކަމާއެކު ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމުވެސް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް