ބަޔަކުމީހުން ނިކަމެތި ކޮށްލަން ބޭނުންނަމަ އެބައިމީހުންގެ ދީނީ އަގީދާ ކޮށާލާށެވެ!

Loading

Facebook
Twitter
WhatsApp

މިއީ 15 ވަނަ ގަރުނުގައި ޕޯޗުގީޒުންގެ ބާރު ގަދަވެ ގައުމުތައް އަޅުވެތި ކުރަމުން ދިޔަ ގޮތުގެ ޚުލާސާއެކެވެ. އެ ދުވަސްވަރު ޕޯޗްގީޒުން ދުނިޔޭގެ ކަންކޮޅުތަކަށް ހަންފެތުރުމުގެ ސިޔާސަތުގެ ކޮންމެވެސް މިންވަރެއް އަޅުގަނޑުމެން ދިވެހިންވެސް ވަނީ ތަޖްރިބާކޮށްފައެވެ. އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން ޕޯޗްގީޒުންގެ ނުބައި ރޭވުމުން ދިވެހި ބިން ސަލާމަތް ކުރުމަށްޓަކައި މާތް ﷲ މި ގައުމަށް ބޮޑުތަކުރުފާނު މެދުވެރިކުރެއްވީއެވެ.


މި ލިއުމަކީ ބޭނުމަކީ ގައުމުތައް އަޅުވެތިކުރުމުގައި ޕޯޗްގީޒުން ނަސޯރާދީން ބޭނުން ކޮށްފައިވާގޮތް ތާރީޚުގެ ސަފަޙާތަކުން ކިއުންތެރިންނަށް ގެނެސްދިނުމެވެ. ނަސޯރާދީނުގައި ކަންތައް އޮތްގޮތް ހާމަކުރުމަކީ މި ލިިިިޔުމުގެ މަގްސަދެއް ނޫނެވެ. އަދި އެއީ އަޅުގަނޑުމެން ދެކޭގޮތް ހާމަކުރުން އެކަށޭނަ މައުޟޫއެއްވެސް ނުމެނޫނެވެ.
ތޫފާނު އައުމުގެކުރިން ވިދާ ގުގުރުން އަންނާނެ ކަމަށް ބުނާފަދައިން ޕޯޗްގީޒުންގެ މިލިޓްރީ އުޅަނދުފަހަރު އައުމުގެ ކުރިން މަގު އަމާން ކުރުމަށްޓަކައި ނަސޯރާދީނުގެ އިލްމުވެރިން ގައުމުތަކަށް ފޮނުވާކަމުގައި ތާރީޚުން އެނގެއެވެ.
އެބައިމީހުން އަންނަނީ އަތުން ސޮލީބު ހިފައިގެން އަދި ރަނުން ޖަރީ ކުރެވިފައި ދެ ލޮލާ އެކުގައެވެ.
އެތައް ޒަމާނަކަށް ޔޫރަޕުން ބުނަމުން ގެންދިޔައީ އިންސާނުންނަށް ދެދުނިޔޭގެ ސަލާމަތް ލިބުންއޮތީ ނަސޯރާދީނުގެ އިވެންޖެލިކަން މަޒްހަބު އިންސާނުން ގަބޫލު ކުރުމުން ކަމަށެވެ. މި ފަލްސަފާ ތަންފީޒުކުރުމަށް 15 ވަނަގަރުނުގައި ޕޯޗްގީޒުން ހިންގާފައިވަނީ މިހާތަނަށް ދުނިޔެ ދެކިފައިނުވާފަދަ ޚާއްސަގޮރެއްގައި އިސްލާމްދީން އީމާންކަމުގެ އަގީދާ ގަތުލުކުރަން އެޅިގެންދިޔަ ފިޔަވަޅުތަކެކެވެ.
ޕޯޗުގީޒުން އެފްރިކާގެ ރަށްތަކަށް އަރަމުން ދިޔައިރު ޔޫރަޕުން ބުނަމުން ގެންދިޔައީ އެއީ ދީނީ އަގީދާ އާލާކުރުމުގެ ހަރަކާތެއް ކަމަށެވެ. ފައްޅިތަކުން ހުއްދަކޮށް ސިއްކަ ޖަހާފައިވަނީ އެއީ އިންސާނިއްޔަތަށް އިލާޙީ ގާނޫނު ހަނދުމަކޮށް ދިނުމެއް ކަމުގައެވެ. އެ ލިއުމުގައި ނަސޯރާދީން ގަބޫލު ނުކުރާ ކޮންމެ ގައުމެއްގެ ރައްޔިތުން ނަސޯރާދީނަށް ތަބާވެ އެކަމަށް އީމާންވުން ވާޖިބު ކަމަށް ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު އެގައުމެއްގެ ވަޒަންވެރިންނަކީ މުޅިއުމުރަށް ވެސް އަޅުން ކަމުގައި ދެމިތިބުންނޫން އެހެންގޮތެއް ނޯންނާނެކަމަށްވެސް އިސްފާދިރީ ޕޯޕްގެ ނިންމުމުގައި ވަނީ ކަނޑައަޅާ ފައެވެ.
މިއީ ނަސޯރާއިންގެ ތާރީޚުގައި އެފްރިކާ އަޅުވެތިކުރުމަށް ހިންގުނު މަޝްހޫރު މުގައްދަސް ދީނީ ހަނގުރާމައިގެ ފެށުން އައިގޮތެވެ. ސިފައިންގެ ލަޝްކަރުތައް އައުމުގެ ކުރިން އައީ ދީނީ އިލްމުވެރިންނެވެ. އެ ބައިމީހުން އޮޅުންފިލުވާދެމުން ގެންދިޔައީ ކިޔަމްންތެރިކަން އަދާކުރާނެ ގޮތެވެ. ހަމައެއާއެކު ގައުމު ފަތަހަކުރުމުގެ ހުރިހާ އިންތިޒާމެއް މިލިޓްރީންނަށް މަގުފަހިކޮށްދެމުން ގެންދިޔައެވެ. މިލިޓްރީގެ ބާރުގެ ދަށަށް ގެނައި ކޮންމެ އަވަށެއްގެ ރައްޔިތުންގެ ނަން އަޅުންގެ ލިސްޓަށް އިތުރުކުރެވިގެން ދިޔައެވެ.
ބެނިން އާއި ކޮންގޯ އަދި ދަހޯމީ ފަދަ އެފްރިކާގެ ބާރުގަދަ ރަސްކަން ނެތިކޮށްލައި އަމާންދިނުމަށް އިންކާރުކުރި ރަސްކަލުންނަކީ ކާފަރުންކަމުގައި ކަނޑައަޅައި މަރުގެ އަދަބު ދިނެވެ. އަދި އެމީހުންނާއެކު އެއްބައިވަންތަކަން އިޚްތިޔާރުކުރި ރަސްކަލުންނަށް އެ ގައުމުން ވަގަށް ނަގާފައިހުރި ރަނުގެ ހަދިޔާތައް ދީ ބަހަމުން ގެންދިޔައެވެ.
ބުލް އިންޓަރ ކެޓޭރާގެ ނަމުގައި 1493 ޕޯޕް އެލެގްޒެންޑަރ 6 ގައި އަމުރެއް ނެރުއްވިއެވެ. އެއީ ޕޯރޗުގަލްއާއި ސްޕޭނަށް ދީނުގެ ނަމުގައި އެފްރިކާ ބައިކޮށްލުމުގެ ގަރާރެވެ.
އެފްރިކާ އަޅުވެތި ކުރުމަކީ މިލިޓްރީން އެކަނި ކުރި ކަމެއް ނޫނެވެ. އެފްރިކާ އަޅުވެތިކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރީ ފާދިރީން ޚުތުބާތަކެވެ. މިއިން ކޮންމެ ފާދިރީ ޖަމާއަތަކާއެކު ޝާހީ ވިޔަފާރި ކުންފުނިތައް ވެސް ބައިވެރިކޮށް އަޅުން ގަތުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދިޔައެވެ. ފާދިރީންގެ ޖަމާއަތްތަކުން ދީނުގެ ނަމުގައި ފުރާނަތައް ސާފުކުރުމުގެ ޚުތުބާތައް ދެމުން ގެންދިޔައިރު ބަނދަރު ތަކުގައި ހިލިހިލާޖަހާފައިތިބި އެއްވެސް ކުށެއްނެތް އަޅުން އުފުލާނެ އުޅަނދުފަހަރު ދިޔައީ އިތުރުވަމުންނެވެ.
އެފްރިކާގެ ގައުމުތައް ބަހާލުމާ ބެހޭގޮތުން 1884 ގައި ބާރލިން ކޮންފަރެންސް ބޭއްވުނުއިރު ފައްޅިތަކުން ގެންދިޔައީ އެ ގައުމުތަކަށް ހެޔޮ ދުޢާ ކުރަމުންނެވެ! އިންސާނިއްޔަތަށް ސަލާމަތް ލިބުންއޮތީ ނަސޯރާދީން ގަބޫލުކުރުމުންނޭ ގޮވަމުން ގެންދިޔަ މުނާފިގު ދޫތަކެކެކެވެ. އިސްތިޢުމާރީންނަށް މަގުފަހިކޮށްދިން ވަސީލަތެއް ކަމުގައި އެފާދިރީން ވެގެންދިޔައީއެވެ. ހަމަ، ބަޔަކުމީހުން އަޅުވެތިކުރުމުގެ ކުރިން އެބައެއްގެ އަގީދާ ފަސާދަކޮށްލާށޭ ބުނާ އުސޫލުންނެވެ.
މިއަދު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ފައްޅިތަކުގެ ސޮލީބުތަކުގެ ފުރަގަހުގައްޔާއި އަދި މިއުޒިއަމްތަކުގައި އެފްރިކާގެ ރަނާއި ޖަވާހިރު ވިދަމުންދާއިރު ދީނުގެ ނަމުގައި އެފްރިކާގެ ގައުމުތައް އަޅުވެތިކޮށް އެ ގައުމުތަކުގެ މުއްސަނދިކަން ލޫޓުވި ދުވަސް ހަނދާންކުރަން އެމީހުން ބޭނުމެއް ނުވެއެވެ.
މިވާހަކަ ހަނދާންށް ގެންނައިރު 252 އަހަރުވަންދެން އިންޑިއާގެ ގޯވާގައި ނަސޯރާ ދީނުގެ ނަމުގައި އެ ދީނުގެ އެންމެ އިސްފާދިރީގެ ރުހުމާއެކު ހިންދޫންނާއި މުސްލިމުންނާ ދެކޮޅަށް ޕޯރޗުގީޒުން ހިންގަމުން ގެންދިޔަ ލޭއޮހޮރުވުމަކީ އިންޑިއާގެ ތާރީޚުގައި ފާހަގަކުރެވިފައިވާ އެންމެ އަނިޔާވެރި ގަތުލު އާންމުކަމުގައި ތާރީޚުގައި ލިއެވިފައި ވެއެވެ. އަޅުގަނޑުމެންގެ މި ދިވެހި ގައުމަށް ޕޯޗްގީޒުންގެ ދުއްތުރާތަކާ ކުރިމަތިލާން ޖެހުނީވެސް ގޯވާގައި އެމީހުނަށް ފައިތިލަ ހިއްޕާލެވޭނެ ގޮތް ވުމުންނެވެ.
އިންޑިއާގެ ގޯވާގައި ނަސޯރާދީނުގެ މުގައްދަސް އޮފީހެއް ގާއިމް ކުރުމަށްޓަކައި 1590 ވަނައަހަރު އެ ދުވަސްވަރު ނަސޯރާއިންގެ އެންމެ އިސްފާދިރީ ޕޯޕް ޕިއަސް އިޒުނައަށް އެދި ޕޯޗުގަލްގެ ރަސްގެފާނު ކިންގް ސެބާސްޓިއަން އެދުނު ކަމަށްވެއެވެ. ރަސްމީ ބޭނުންކަމަކަށް ވެފާއޮތީ ގޯވާގެ ރައްޔިތުން ނަސޯރާ ދީނަށް ވެއްދުމެވެ. އެކަމަކު ޙަގީގަތަކީ ދީނުގެ ނަމުގައި ބިރުވެރިކަން އުފެއްދުމެވެ.
ހިންދޫންގެ އާންމު އާދަކާދަތަކާއި ޙަރަކާތްތަކަކީ ޖިނާއީ ކުށެއް ކަމުގައި ޕޯޗުގީޒު ސަރުކާރުން ގޯވާއަށް ކަނޑައަޅާފައިހުރި ނަސޯރާދީނުގެ ވެރިޔާ، ގްރޭންޑް އިންކުވިޒިޓަރ އާރޗްބިޝޮޕް ޑޮމް ގެސްޕާރޑް ޑެ ލެއޯން ކަނޑައެޅިއެވެ. ހިންދޫން އަޅުކަން ކުރަންބޭނުންކުރާ ސޫރަތަކާއި ބުދުތަކާއި ތަސްވީރު ބޭނުންކުރުމަކީ މަރުގެ އަދަބު ލިބޭނެ ކުއްތަކެއް ކަމުގައި ކަނޑައަޅައި ހިންދޫންގެ ދީނީ އިހްތިފާލުތައް ފާހަގަކުރުމާއި ސާންސްކްރިތު ބަސް އުނގަންނައި ދިނުމަކީ ޖަލުޙުކުމް ލިބޭ ކުށްތަކެއް ކަމުގައި ކަނޑައެޅިގެން ދިޔައެވެ. އިންޑިއާގައި އާންމުކޮށް ބޭނުންކޮށްއުޅޭ ހެދުން ލައި އުޅުމަކީވެސް ކުށެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. މިއީ އެމީހުންގެ އަނިޔާވެރިކަން ހުރިގޮތެވެ.
ގޯވާއަށް ކަނޑައަޅާފައިހުރި ނަސޯރާދީނުގެ ވެރިޔާގެ ކާސާ ސެންޓަރަކީ ގޯވާގެ ޖަލެވެ. އެތަނުގައި އިންސާނުންނަށް ތަފާތު އަނިޔާ ދިނުމަށްޓަކައި 200 އަށްވުރެން ގިނަ ގޮޅި ޚާއްސަކުރެވިފައި ހުރިކަމަށް ވެއެވެ. އެތަނުގައި ދެވޭ ބޮޑެތި އަދަބުތަކުގެ ތެރޭގައި މަޖުބޫރުކޮށްގެން އެތައް ގެލަން ލޮނުފެން ބޯންދިނުމާއި ހަށިގަނޑުގެ ގުނަވަންތައް ލުހިގެން އަންނަންދެން ވާޖަހައިގެން ދެމުން ހިމެނެއެވެ.
ގޯވާގެ ވަޒަންވެރިންނަށް ދޭނެ އެންމެ އަނިޔާވެރި އަދަބުތައް ދިނުމަށްޓަކައި ޕޯޗްގީޒުންގެ ރަސްގެފާނު އަރިހުން ހުއްދައަށް އެދުނީ މިއަދު ނަސޯރާ ދީނުގެ އެންމެ މާތް ވަލީވެރިންގެ ތެރޭގައި ހިމެނޭ ފްރާންސިސް ސޭވިއަރ އެވެ. އޭނާގެ ފިލޯސަފީގައި ދީނުގެ އަގީދާ އަށަގަންނުވަންޖ ެހޭނީ ބިރުވެރިކަމާއި އަނިޔާވެރިކަމާއި ކުރިމަތި ލުމާއެކުގައެވެ. އަދި އޯގާވެރިކަމާއި ރަޙުމުކުރުމުން ނަތީޖާއެއް ނުލިބޭނެ ކަމަށް ނިންމާފައިވެއެވެ. އޭނާގެ މި ފަލްސަފާގެ ދަށުން 1713 ވަނައަހަރު އާންމުކޮށް ހުޅުވާލެވިފައިވާ ބިމެއްގައި މީހަކަށްފަހު މީހެއް 57 ހިންދޫން ދިރިތިއްބާ އަންދާލެވުނެވެ. (ހަނދާންނަށް އަންނަނީ މިދިޔަ ދެއަހަރު ފަލަސްތީނުގެ ގާޒާގައި އެމެރިކާ އިސްވެއޮވެ ފަނާކުރަނިވި ހަތިޔާރު ދީނެގެން އިސްރާޢީލު ލައްވާ އެހިންގެ ގަތުލުއާމުއެވެ. ގާޒާގެ މުސްލިމުން ޖެހުނުގޮތަކަށް ހިފާހައްޔަރުކޮށް ނުވަތަ މަރާލައިގެން ނަމަވެސް ހަށިގަނޑު އަތުލައިގަނެ އެސިޑް ޓޭންކްތަކަށްލައި ނެތިކޮށްލި އަނިޔާވެރި ލާއިންސާނީ ގޮތްތަކެވެ)!
ނަސޯރާ ޕޯޗްގީޒްގެ ރަސްގެފާނަށް އޭނާ ފޮނުވި ލިއުންތައް މިހާރުވެސް ލިޒްބަންގެ މިއުޒިއަމްގައި ފެންނަން ހުންނާނެ ކަމަށް ބުނެފައިވެއެވެ.
ބެލްޖިއަމްގެ ރަސްގެފާނު ލިއޯޕޯލްޑް އަކީވެސް އެފްރިކާގެ ކޮންގޯ އަޅުވެތި ކުރުމުގައި ނަސޯރާދީން އޭނާއަށް ވާޖިބުކުރާ ކަމަށްދެކި އެ ގައުމުގެ އެތައް މިލިއަން ވަޒަންވެރިން މަރާފައިވާ މީހެކެވެ. އަދި އަޅުންގެ ތެރެއިން އޭނާ ބޭނުންވާ މިންވަރަށް ރަބަރު އުފެއްދުމުގެ މަސައްކަތް ނުކުރެވޭ މީހުންގެ އަތްބުރިކުރުންފަދަ ގިނަ އަނިޔާތަކެއް ވަނީ ދީފައެވެ.
ދިވެހީންގެ ތެރެއިން ބައެއް އިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެއެވެ. އެހެންނަމަވެސް މާޒީގެ ތާރީޚުގެ ސަފްޙާތަކުން މި ފެންނަނީ ދީނާއި ސިޔާސަތު އެއްބާރެއްގެ ގޮތުގައި އޮތުމުގެ ހިތި ނަތީޖާއެވެ. ސަބަބުތައް ވަރަށް ގިނައެވެ. ދިވެހި އިސްލާމީ ވެރިކަމެއް ޙަވާލުވާ ރައްޔަތުންގެ ޚާމީދިމުންވެސް ތިމާއަކީ ސުންނީ މުސްލިމެކޭ ބުނުންފިޔަވާ ޢަދުލު އިންސާފުގެ ކަންފުޅެއްވެސް ނުހުރެއެވެ. އިސްލާމް ދީނުގެ މިންގަނދުން ތެދުވެރިކަމާ އަމާނާތްތެރިކަން ނުހުރެއެވެ. ގަސްދުގައި ގައުމުގެ ރައްޔަތުން އޮޅުވާލުމާއި މަކަރާއި ޙީލަތްހެދުން އިންތިހާއެވެ!
މި މައުޟޫއުގައި ރައުޔު ފުރިހަމައަށް ފާޅުކުރެވޭފަދަ ގާބިލުކަން ލިބިފައިނެތަސް ރާއްޖޭގައިވެސް ޝަރުޢީ ދާއިރާއަށް ސިޔާސީ އަތް އެއްކޮށް ބާނައިގެން އޮވެފާމެ ޝަރުއީ ދާއިރާގެ މިނިވަންކަށް ކަށަވަރުކޮށް ދިނުމަށް ބާރުއަޅުއްވާ ކަމަށް ވިދާޅުނުވާ ޒަމާނެއް ފެނިފައެއް ނުވެއޭ ބުނުން ދޮގަަކަށް ވާނެތޯއެވެ. ޖޭ.އެސް.ސީ އަކީ ސީދަ ސިޔާސީ ވެރިންގެ ޗަމްޗާ ތަކެކޭ ރައްޔަތުމީހާ އެގޮވަނީ އޭގައި ޙަގީގަތެއް އެކުލެވިފާ ވާތީކަން ކަށަވަރެވެ. ދިވެހީންގެ ރާއްޖެއަކީ ޢަދުލުއިންސާފު ގަނެ ވިއްކާ ތަނެކޭ އެގޮވާ ނަގަނީވެސް ސަބަބުތަކެއް ހުރެ ލިލަށް ފެނި ހަތުން ހިފިފާވާ އެތަށްކަމެއް ފެނިފާވުމުންނެވެ. ޔަގީން އެވެ!
ފަނޑިޔާރުން އެބޭފުޅުންގެ ތަޖްރިބާއާއި ހެކިތަކަށް ބިނާކޮށް އަދުލަށް ޙުކުމް ކަނޑައަޅުއްވަމުން ގެންދަވާއިރު ސިޔާސީ ބޭފުޅުން ހޮސްޕިޓަލްގެ ބަލި އެނދުގައި އޮންނެވުމާއި ޙުކުމް ތަންފީޒު ކުރެވެމުންދާއިރު ބަލިވެގެން ޖަލުން ޗުއްޓީނެންގެވުމަށް ސިޔާސީ އުކުޅުތައް ބޭނުން ކުރައްވާ ތަންވެސް ފެނެއެވެ.
ނަސޯރާ ދީނުގެ ފާދިރީންނާއި ރަސްކަަލުން ގުޅިގެން އެބައިމީހުންގެ ޢަމަލުތައް އެބެހެއްޓި ނުބައި ނުލަފާ އަނިޔާވެރި ގޮތްތަކަށް އިސްލާމްދީން ބޭނުންކުރެވިގެެން ނުވާނެކަމަށް ދެކެމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް