މަސްތުވާތަކެތީގެ ތުހުމަތުގައި ހިޔާ ފުލެޓަކުން ދެ މީހަކު ހައްޔަރުކޮށްފި

Loading

December 23, 2025
profile
Facebook
Twitter
WhatsApp

ހިޔާ ފުލެޓުގެ އެޕާޓުމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، ހައްޔަރުކުރީ އެ އެޕާޓުމަންޓުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. މުލި / ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ) ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެޕާޓުމަންޓު ބަލައި ފާސްކުރިއިރު 32.6 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް