ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި، އަތުލައިގެންފައިވަނީ 3 ކިލޯ 50 ގުރާމުގެ ކެނަބިސް ފަތެވެ.
މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.
![]()
