ވިއްކުމަށްޓަކައި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށްފައިވަނީ މިފަދަ ތަންތަން ބަލައިފާސްކުރުމަށް އެ މުއައްސަސާއިން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި، ދިލްކުޝާގޯޅީގައި ބިދޭސީން ދިރިއުޅޭ 4 އެކޮމޮޑޭޝަނެއްގެ އިތުރުން، ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރަމުންދިޔަ ތަނެއް ބަލައިފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި އޮޕަރޭޝަނުގައި ޖުމުލަ 18 ބިދޭސީއަކު ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި، މިއީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި ދިރިއުޅެމުންދިޔަ ބައެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
![]()
