ނިދާ ކޮޓަރިތެރޭގައި ކުރުނބާފަނި ތައްޔާރުކުރަމުންދިޔަ ބިދޭސީ ބަޔަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންނާއި އިމިގްރޭޝަން ޑިސެންބަރު 1ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މިހާތަނަށް ބެލި ބެލުމުން، މި ތަނަކީ ކުރުނބާފަނި ތައްޔާރުކޮށް ފުޅިފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރެ ވިއްކަމުންދިޔަ ތަނެއްކަން އެނގިފައިވާކަމަށާއި، މި ތަނުން ގިނަ އަދަދެއްގެ ކުރުނބާއާއި ހުސް ފުޅި ފެނިފައިވާކަމަށެވެ.
މި މައްސަލާގައި ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
![]()
