މާާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

Loading

November 27, 2025
profile
Facebook
Twitter
WhatsApp

ލ. މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަދުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ އެ އިދާރާއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ލިލީނައިޓް، މުޙައްމަދު ވިޝާހު ޢަލީ (24އ) ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫން މާވަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާވަށުގައި މަސައްކަތްކުރާ ފުލުހުން މި މަހު 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ލޯންޗު ބަނދަރުކުރި ވަގުތު ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

އޭނާ ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނަކީ 2.52 ގްރާމް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ވިޝާހު ޢަލީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް