އެހެެންގައުމުތަކުގައި ބޭނުންކުރާ ޗައިނާގެ އުފެއްދުންތަކުގެ ރިމޯރޓް ކޮންޓްރޯލް ޗައިނާގައި

Loading

Facebook
Twitter
WhatsApp

ޗައިނާގެ މިލިޓްރީ އަދި މަދަނީ އުފެއްދުންތައް ކޮންމެ ގައުމެއްގައި ބޭނުންކުރަމުން ގެންދިޔަ ކަމުގައި ވިޔަސް ޗައިނާގައި ތިބެގެން އެ އުފެއްދުންތައް ކޮންޓްރޯލް ކުރެވިދާނެ ރިމޯޓް ވަސީލްތައް ގާއިމްކޮށްފައި ހުންނަކަން ހާމަވެއްޖެއެވެ.

މިކަން ހޯދިފައިވަނީ ޗައިނާއިން ނޯވޭއަށް އެތެރެކުރި އެއްގަމު އުޅަނދުތަކަކުންނެވެ. މީޑިއާތަކަށް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ އުޅަނދުތައް ދުއްވުމާއި ހުއްޓުވުން ފަދަ ހުރިހާ ކަމެއް ޗައިނާގައި ތިބެގެން ކުރެވޭނެއެވެ.
ޗައިނާއިން ނޯވޭއަށް އެތެރެކުރި އެއްގަމު އުޅަނދުތަކެއްގެ ސެކިއުރިޓީ ވަސީލަތްތައް އޮސްލޯގެ ޕަބްލިކް ޓްރާނސްޕޯރޓް އޮޕަރޭޓަރ ރޫޓަރ އިން ބަލާޗެކްކުރުމުގައި އެ އުޅަނދުތައް އޮޕަރޭޓްކުރަމުން ގެންދާއިރު ޗައިނާއިން ބޭނުންވެއްޖެނަމަ ހުއްޓުވުމާއި ހަލާކުވުމުން ރިޕެއަރ ކުރުމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމް ކޮށްފައިހުރިކަން ފާހަގަކުރެވުނެވެ. މި ޝަކުވާ ހުށަހެޅުމުން އެ އުޅަނދުތައް އުފެއްދި ކުންފުނިން ވަނީ އެ ވަސީލަތްތައް ނެތިކޮށް އުނިކޮށްދީފައެވެ.
މިހާތަނަށް އެއްވެސް އުޅަނދެއް ހުއްޓުވައި ނުވަތަ އެހެން ގޮތަކުންވިޔަސް ޗައިނާއިން އުދަނގޫ ކޮށްފައި ނުވާކަމަށާއި އެ ވަސީލަތްތތައް ގާއިމްކޮށްފައިވަނީ މަރާމާތުކޮށް ބެލެހެއްޓުމުގައި އެހީތެރިވުމުގެ ގޮތުންކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިލިޓްރީ އަދި ދިފާއަށް ބޭނުންކުރާ އުޅަނދުފަހަރުގައި އެ ވަސީލަތްތައް ގާއިމް ކޮށްފައިވަނީ އެއިން އުޅަނދެއް ބޭނުންކޮށްގެން ޖައްވުތެރޭން ވިޔަސް ޗައިނާއަށް ހަމަލާދިނުން ހުއްޓުވުމުގެ ބޭނުމުގައެވެ. ބުނެވޭގޮތުގައި ޗައިނާއިން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން ޗައިނާއަށް ހަމަލާ ނުދެވޭނެއެވެ. އަދި ޗައިނާއިން ޚާއްސަކޮށްފައިވާ ސަރަހައްދަކަށް އޭގެ ޑްރޯނެއް ވަދެފިނަމަ އޮޓޯމެޓިން އޭގެ މިސްރާބު އައިކޮޅަށް ބަދަލުވެ ފުރަތަމަ އުދުއްސާލި މަންޒިލަށް ދަތުރު ބަދަލުވެގެންދާނެއެވެ.
ޗައިނާ މިލިޓްރީ އުފެއްދުންތަކުގައި ރިމޯރޓް ކޮންޓްރޯލް ވަސީލަތްތައް ގާއިމް ކުރުމުގެ ބޭނުމަކީ ނާޖާއިޒުގޮތުގައި އެތަކެތި ބޭނުންކުރުން ހުއްޓުވުމަށާއި ސުލްހަވެރި ބޭނުންތަކާއި ބިނާކުރަނިވި ގޮތުގައި ޗައިނާގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް އެންމެ ފަހުގެ ކުރިއެރުންތަކުގެ މައުލޫމާތު ފޯރުކޮށްދެވިދާނެކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.
ޗައިނާއާއި ޕާކިސްތާން ގުޅިގެން އުފެއްދި ފައިޓަރ-ޖެޓް ޖޭ އެފް-17 ގައިވެސް އެންމެފަހުގެ އެވިއޯނިކް އަދި ޑޭޓާ ލިންކް އެކުލެވިފައި ހުންނާނެ ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ. ޗައިނާ އުފެއްދުންތަކުގައި ހާމަނުކުރާ މައުލޫމާތު ހުރެދާނެކަމަށް ތަޖްރިބާކާރުން ގެންދަނީ އިންޒާރު ދެމުންނެވެ. އެހެންނަމަވެސް ޗައިނާއިން ފޯރުކޮށްދީފައިވާ އެއްވެސް މިލިޓްރީ ވަސީލަތަކަށް އެބާވަތުގެ ހާދިސާއެއް މެދުވެރިވެފައިވާކަން ޝައްކުވެސް ނުކުރެވޭކަމަށް ބުނެފައި ވެއެވެ.
އެންމެ ފަހުން ލިބިފައިވާ ޚަބަރުތަކުގައި އިނގިރޭސި ވިލާތާއި އަދި ޖަރުމަނުން ގަނެފައިހުރި ޗައިނާގެ އުޅަނދުތަކުގައިވެސް ރިމޯރޓް ކޮންޓްރޯލްގެ ވަސީލަތްތައް ގާއިމްކޮށްފާ ހުރިކަން އެނގިއްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް