ތުރުކީވިލާތުން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

Loading

Facebook
Twitter
WhatsApp

ތުރުކީވިލާތުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިއެވެ.

ނަތަންޔާހޫ ހައްޔަރު ކުރުމަށް ތުރުކީވިލާތުން އެގޮތަށް އަމަރުނެރެފައި ވަނީ، ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ހިންގަމުން އަންނަ އަނިޔާވެރި ޖަރީމާތަކާއި ގުޅިގެންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ތެރޭގައި އިސް އޮފިޝަލުންނާ ދެކޮޅަށް އެ އަމުރު ނެރެފައިވާކަން ތުރުކީން އިއުލާނުކުރީ ހުކުރު ދުވަހު އެވެ.
އެގޮތުން ހައްޔަރު ކުރުމަށް ލިސްޓްކޮށްފައިވާ މީހުންގެ ތެރޭގައި ޔަހޫދީ އިޒްރޭލު ސަރުކާރުގެ އިސް 37 އޮފިޝަލެއް ހިމެނެއެވެ.


ެެއެ މީހުންގެ ތެރޭގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އާއި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރާއި ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒަމީރު ހިމެނޭ ކަމަށް އިސްތަންބޫލްގެ ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ތުރުކީވިލާތުން މިގޮތަށް އަމުރު ނެރެފައި ވާއިރު ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުން އަންނަ ހަމާސް ޖަމާޢަތުން ވަނީ ތުރުކީގެ އެ ނިންމުމަށް މަރުހަބާ ކިޔާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް