ތާރު އެޅުމަށްޓަކައި ބޮޑުތަކުރުފާނުމަގު ބަންދުކޮށްފި

Loading

November 4, 2025
profile
Facebook
Twitter
WhatsApp

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގުގައި ތާރު އެޅުމަށްޓަކައި އެ ސަރަހައްދު ބަންދުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭގެ 8.00ން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށެވެ.

މަރާމާތަށްޓަކައި 18 އޯގަސްޓުން ފެށިގެން ބޮޑުތަކުރުފާނުމަގުގެ އެ ސަރަހައްދު އެއްގަމު އުޅަނދުފަހަރަށް ބަންދުކޮށްފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 18ވަނަ ދުވަހުއެވެ.

އެ މަގުގެ އެއް ފަޅިއާއެކު އޭރު ވަނީ އެ ސަރަހައްދުގެ ފަޅުތެރެވެސް މަރާމާތުގެ މަސައްކަތަށްޓަކައި ބަންދުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން، މަގުގެ ޖާގަ ތަނަވަސްކުރުމަށްޓަކައި ފަޅުތެރޭން ބައެއްވެސް ވަނީ ހިއްކާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް