ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ތުލުސްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ..
ތުލުސްދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ތުލުސްދޫ ހޮސްޕިޓަލުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.
ފެންވަރު ރަނގަޅު އަދި ޒަމާނީ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތައް ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމުކޮށް، ފުރިހަމަ ޞިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އެއް އަމާޒެވެ. މި ގޮތުން ރާއްޖޭގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަޤު ފަހިކުރުމަށްޓަކައި ސަރުކާރުންދަނީ ޞިއްޙީ ދާއިރާގައި ގިނަ އިންވެސްޓްމަންޓް ތަކެއް ކުރަމުންނެވެ.
![]()
