ވެލާނާ އެއާޕޯޓުން ފައިސާ ފޭރުނު މީހުން އަތުލައިގަނެ އެމީހުން ދުއްވި ލޯންޗު ހޯދައިފި 

Loading

October 27, 2025
profile
Facebook
Twitter
WhatsApp

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރޭ ފަތިހު ފައިސާތަކެއް ފޭރިގަތް މައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުންކުރި ލޯންޗު ފުލުހުން ހޯދައިފިކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މި މައްސަލާގައި ޝައްކުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުން ދުއްވި ލޯންޗު ހޯދާފައިވާކަމަށެވެ.

ފުލުހުން ބުނީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެލާނާ އެއާޕޯޓުގެ އާ ޓަރމިނަލަށް ވަންނަންދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފައިވާކަމަށެވެ.

ފޭރިގަތީ ކިހާ އަދަދެއްގެ ފައިސާ ކަމެއް، އަދި އެއީ ކޮން ބޭންކެއްގެ ފައިސާ ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ ފަތިހު 4.45 ހާއިރު ހިންގި މި ޢަމަލުގައި ފޭރިގެންފައިވާ ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ވަޒީރު ވިދާޅެއް ނުވެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ހާދިސާގެ ތަޙުޤީޤު ކުރިއަށްދާ ވަރަކުން މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އިތުރު މަޢުލޫމާތު ހާމަކުރާނެ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް