ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20،000 ޑޮލަރު ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
”އޮކްޓޫބަރު 24 ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވޭ“ ފުލުހުން ބުނެފައި ވެެއެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުމުން ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20000 ޑޮލަރު ހުންނާނެކަމަށާ އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
“މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވޭ. މި ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ތަކެތި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
![]()

2 Responses
ދިވެހި ފުލުހުން މިކަހަލަ ކަންކަން ކުރީމަ ޑްރާމާ ފާޑެއް ޖަހަނީ ކީއްވެބާ!! އެ މީހުންގެ އަތެއް މީގައި ވޭބާ!! ނޫނީ ގުޅިގެން ހިންގި ޖަރީމާއެއްބާ!! ގަސްތަކެއްގެ ތެރޭން ވިއްޔަ އެ ފެނުނީވެސް.
ކޮބާތަ އެއާޕޯޓުން ގެއްލުނު ދޮލަރުތައް