އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަނުކޮށްފި

Loading

Facebook
Twitter
WhatsApp

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް 4 ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ޢައްޔަން ކުރައްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ:

ދަފްތަރު. ނަންބަރު ރސ 1188، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނާއި، ދަފްތަރު. ނަންބަރު ރސ 12854، އަލްއުސްތާޛު ޝިފާޒު ޢަލީއާއި ދަފްތަރު. ނަންބަރު ރސ 1851، ޢަލީ މުޙައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.

ެއެ ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް