އެމްޕީއެލްއިން އަލިފާން ނިވާފުޅި ރީފިލްކުރުމަށް ޚާއްސަ ސެންޓަރެއް ހުޅުވައިފިއެވެ.
އެމްޕީއެލްއިން މިއަދު ބުނީ އަލިފާން ނިވާ ފުޅި ރީފިލްކޮށްދިނުމުގެ ޚިދުމަތް އެކަމަށް ޚާއްސަ ސެންޓަރަކާއެކު ހުޅުވާފައިވާ ކަމަށެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި މި ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.
މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނެއެވެ.
މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑަރ (ޑީސީޕީ) ކާބޮންޑައިއޮކްސަ އިޑް (ސީއޯޓު)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، މި ސެންޓަރއިން ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި ޓެގް ކުރުމާއި ސޭފްޓީ ޕިން ހަރުކުރުމާއި މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން ސެލްފް ކޮންޓެއިންޑް ބްރީދިންގ އެޕަރޭޓަސް (އެސްސީބީއޭ)ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލްނގ ކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ.
![]()
