މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫޢުގެ އެކްސްޗޭންޖް ލެޓަރގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމަށް ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢު ތަންފީޒުކުރުމަށް ރާއްޖޭގެ ސަރުކާރާއި ޗައިނާގެ ޕީޕަލްސް ރިޕަބްލިކް ސަރުކާރާއެކު އެކްސްޗޭންޖް ލެޓަރެއްގައި ސޮއިކޮށްފިއެވެ.

މި އެކްސްޗޭންޖް ލެޓަރގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ. ޗައިނާގެ ޕީޕަލްސް ރިޕަބްލިކްގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު، ކޮންގް ޒިއަންހުއާ އެވެ.

މި އެކްސްޗޭންޖް ލެޓަރގައި ސޮއިކުރެވުނީ މި މަޝްރޫޢުގެ ޑިޒައިން ފޭސް ފެށުމަށްޓަކައެވެ. ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ މި މަޝްރޫޢަކީ މާލެއާއި ވިލިމާލޭގެ މަގުތައް މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް