ލ.ގަމުގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ގަމުގެ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތްފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގަތުމުން ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި، ގަމުގެ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ.
މިއީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
![]()
