ކަނޑުމަތީގެ ހާދިސާ: ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

Loading

October 16, 2025
profile
Facebook
Twitter
WhatsApp

ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ރޭ ހިނގި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭން ދެވަނަ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިންގޮތުގައި، ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 15:45ހާއިރުއެވެ.

މި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭން އަޙްމަދު ޝިފާން، ސަރުސޫނުގެ / ގއ. ދާންދޫ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، ކަނޑު އަޑީގައި ނިޔާވެފައި އޮއްވައެވެ.

އޭނާއާއެކު ދެން ގެއްލިފައިވަނީ އިންޑިއާ މީހަކާއި ޝްރީލަންކާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މާލޭން ފުރައިގެން ދަތުރުކުރަނިކޮށް ”އަލްމާކް ފިޔަ“ ނަމަކަށްކިޔާ މި ކޮޅުވެއްޓީގައި ޖުމްލަ ހަތް މީހުން ތިބި ކަމަށާއި، ގެއްލުނު ތިން މީހުން ފިޔަވައި ދެން ތިބި މީހުން ކޯސްޓުގާޑުގައި ޅ. ނައިފަރަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް