ސިނގިރޭޓު ކޮންޓޭނަރު މައްސަލަ: ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑްކޮށްފި

Loading

October 15, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ގެއްލުނު 1360 ކޭސް ސިނގިރޭޓުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ސަސްޕެންޑްކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިކަން ވަނީ ޔަގީންކޮށްދީފައެވެ.

ފުލުހުންގެ ޚިދުމަތުން ރޭ ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ޖުމުލަ 12 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައި ވާކަމަށާއި، ބައެއް ތަންތަނާއި އުޅަނދުތައް ބަލައިފާސްކޮށްފައި ވާކަމަށެވެ. 

ހައްޔަރުކޮށްފައިވަނީ މި ކަން ރާވައި ހިނގުމުގައި އެންމެ އިސްކޮށް އުޅުނު މީހުން ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭކަމަށް، ފުލުހުންގެ ޚިދުމަތުން ވަނީ މަޢުލޫމާތުދީފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށް ކަމަށާއި، ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް