މޫސުމާބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލުގެ ވަގުތު ދަމަހައްޓާފައިވަނީ މިއަދުގެ 15.00ން 21.00ށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ވަގުތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީރާއްޖޭގެ އެކި ހިސާބުތަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ އެކި ވަރުގެ ގެއްލުންތައް ވަމުންނެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ޚާއްޞަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން، ވަކިން ޚާއްޞަކޮށް ދަތުރުވެރިން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މިގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
![]()
