ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވި ކަމަށް ބުނާ މައްސަލަ ދޮގުކޮށްފި

Loading

October 11, 2025
profile
Facebook
Twitter
WhatsApp

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވި ކަމަށް ބުނާ މައްސަލަ، އެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ދާދި ފަހުން ގެނެވުނު ފޯނަކުން ފޮޓޯއެއް ލީކުވި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތީގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑަށް ހިފެހެއްޓުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ހެދިފައިވާކަމަށެވެ.

ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށްދަނީ ޕްރޮފެޝަނަލް ކަމާއެކު، ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށާއި، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރުމާއެކު ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

އެހެންކަމާއެކު، އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި، އަދި ޑިޖިޓަލް ވަސީލަތްތަކުގައި ހިމެނޭ އެއްވެސް މަޢުލޫމާތެއް އެހެން ފަރާތްތަކަށް ވާސިލުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް