އދ. އޮމަދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

Loading

October 7, 2025
profile
Facebook
Twitter
WhatsApp

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އޮމަދޫ ޞިއްޙީ މަރުކަޒުގެ ބިންގާ އެޅުމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

ޞިއްޙީ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީއާއި، އޮމަދޫ ދާއިރާގެ މެންބަރު އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި އިމާރާތުގައި 16 އެނދުގެ ކެޕޭސިޓީގެ ބައެއް ހުންނާނެއެވެ. އަދި ޓްރިއާޖް ބަޔަކާއި، އައިސޮލޭޝަން ކޮޓަރިއަކާއި، އަންހެނުންގެ ވޯޑަކާއި، ކުޑަކުދިންގެ ވޯޑަކާއި، ވިއްސާ ކޮޓަރިއަކާއި، ޕްރައިވެޓް ކޮޓަރި އަދި ފަރުވާދޭ ކޮޓަރިތައް ހުންނާނެއެވެ. 

27.2 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ 1 އަހަރުން މަސައްކަތް ނިންމާގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އާބާދީގައި 1200އެއްހާ މީހުން ދިރިއުޅޭ އޮމަދޫގައި އަލަށް މި އަޅާ އިމާރާތާއެކު، ރަށުގައި ތިބެގެން ޞިއްޙީ ފަރުވާ ލިބެވި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އުންމީދުކުރެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް