ޖެނުއަރީން ފެށިގެން، ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ކަމާބެހޭ މުއައްސަސާތަކާ ސީދާ މުޢާމަލާތު ކުރެވޭނެ

Loading

October 7, 2025
profile
Facebook
Twitter
WhatsApp

2026ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ މުޢާމަލާތުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެރަށު ބަނދަރު ސަރަހައްދުގައި އޮތް މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، މި އިންތިޒާމު ހަމަޖެހުމާއެކު އެތައް ގޮތަކުން ކުރިއެރުން ލިބޭނެ ކަމަށެވެ. 

އެގޮތުން، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން ނިމުމަކަށް އައިސް، ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވް ކުރުމާއި، ޚިދުމަތް ދިނުމުގައި ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްވެސް ފަސޭހަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމަށްޓަކައި ފަންނީ ވަސީލަތްތައް ހޯދުމާއި މީހުން ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް