އެކްރެޑިޓް ކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި

Loading

October 6, 2025
profile
Facebook
Twitter
WhatsApp

ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށްޓަކައި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގައި ހުޅުވައިފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކްލިނިކް ހުޅުވައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދެވެ.

އައިޔޫއެމްއިން ބުނީ، މި ކްލިނިކަކީ ގާނޫނީ ދާއިރާއިން ކިޔަވައި ނިމޭ ދަރިވަރުން، ޢަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ލައިސެންސިންގ ޓްރެއިނިންގ ފުރިހަމަކުރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި ހުޅުވުނު އުއްމީދީ ބިނާއެއް ކަމަށެވެ.

މި ކްލިނިކުން، ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ ބެލެހެއްޓުމުގެ ދަށުން، އެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ޢަމަލީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބި، ގާނޫނީ ނިޒާމު ހަރުދަނާކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.

މީގެ އިތުރުން، މިއީ ގާނޫނީ ފަންނުގެ ހުވާކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ކްލިނިކުގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރަރ އަދި ކުރީގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލް ޢާއިޝަތު ފަޒްނާ އަޙުމަދެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް