ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް

Loading

October 5, 2025
profile
Facebook
Twitter
WhatsApp

ގދ. ތިނަދޫގައި އިއްޔެ ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ތިނަދޫ މިއުޒިޔަމް ޕާކުގެ އުތުރު ފަރާތު މަގުގައި ހިނގި މި ހާދިސާގައި، ހިނގާފައިވަނީ މަގު ހުރަސްކުރަން ދުވެފައި ދިޔަ ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.

ހާދިސާއާ ގުޅޭ ވީޑިއޯއިން ފެންނަގޮތުގައި، އެ ކުއްޖާ ދަނީ ދުވެފައި މަގު ހުރަސްކުރާށެވެ. ދުވެފައި ގޮސް މަގުގެ އަނެއް ފަޅިއާ އަރާ ހަމަވަނިކޮށް، ދުއްވާފައި އަންނަ ސައިކަލަކުން ޖެހި، ކުއްޖާއާއި ދުއްވަން އިން މީހާވެސް ދުރަށް ވިއްސައިގެންގޮސް ވެއްޓެއެވެ.

އޭރު އެ ސަރަހައްދުގައި ތިބި އަންހެނުންތަކެއް ދުވެފައި ގޮސް ކުއްޖާ ނަގައިގެން އަންނަ މަންޒަރު ފެނެއެވެ.

މި ހާދިސާގައި ކުޑަކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށާއި، އެ ކުއްޖާގެ ބޯ ފަޅައިގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް