ރޭގެ މުޒާހަރާތެރެއިން 3 ފުލުހަކަށް އަނިޔާވެފައިވޭ

Loading

Facebook
Twitter
WhatsApp

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގައި އަންހެން ފުލުހަކު ހިމެނޭހެން ތިން ފުލުހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުުލުހުން ބުނީ ރޭގެ އެއްވުން ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ތިން ފުލުހަކަށް އަނިޔާލިބިގެން ފަރުވާދޭން ޖެހުނުު ކަމަށެވެ.

އެގޮތުން ސެނެހިޔާ ހޮސްޕިޓަލުން ދެ ފުލުހަކަށް ފަރުވާ ދިންއިރު، އަނިޔާ ލިބުނު އަނެއް ފުލުސް މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އޭގެތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ކަމަށެވެ.

’އަންހެން ފުލުހަށް އަނިޔާވެފައިވަނީ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރި ގަޑީގައި ޝީލްޑާއެކު ވެއްޓި އޭނާގެ ގައިމަތިން މުޒާހަރާގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުން ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކުގެ ގައިގައި ބެރިކޭޑަކުން ޖަހައި އަނިޔާކުރުމުގެ ސަބަބުން. އަދި އަނެއް ފިރިހެން ފުލުހަށް އަނިޔާވެފައި ވަނީ މުޒާހަރާގެ ކޮންޓްރޯލް ކުރުމަށް ޝީލްޑް ހިފައިގެން ފުލުހުން ނުކުމެ ތިއްބާ މުޒާހަރާގެ ބައިވެރިން އެ ޝީލްޑްތަކުގައި ޖެހުމުގެ ސަބަބުން‘ ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް