ޕެޕަރ ސްޕްރޭއަކީ އޭގެ ޒާތުގައި ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފި

Loading

Facebook
Twitter
WhatsApp

ޕެޕަރ ސްޕްރޭއަކީ އޭގެ ޒާތުގައި ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައި ވަނީ އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އެ މުޒާހަރާގެ ބައިވެރިޔަކަށް ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށާފައިވާތީ މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއަކު މޭގަ ރިއްސައި، އެކިއުޓް މަޔޯކަރޑަލް އިންފާކްޝަން (އެމްއައި ނުވަތަ ހާޓް އެޓޭކް) އެއް ޖެހުނު ހާދިސާއާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އެގޮތުން މި ހާދިސާއަށްފަހު ހާޓް އެޓޭކް ޖެހުނު ބަލިމީހާއަށް ފަރުވާދީ، ހާލު ރަނގަޅުވެ، މިހާރު އޭނާ ސީސީޔޫގައި އެޑްމިޓްކޮށްފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

’ޕެޕަރ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވާޔަށް އުނދަގޫކޮށް، ކެއްސައި އަދި މިފަދަ ”ސްޓެރްސް ރެސްޕޮންސް“ ތައް އައި ނަމަވެސް ޕެޕަރ ސްޕްރ އަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން. ނަމަވެސް ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން، ޞިއްޙީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ‘ އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ޞިއްޙީ ކޮންމެވެސް ސަބަބަކާ ހެދި ލޭހޮޅިތައް ނުވަތަ ލޭ ހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެންކަމަށާއި، މިއީ އާންމުކޮށް ބަލިމީހާގެ ހުންނަ، ޞިއްޙީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ދިމާވާކަމެއްކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައިވެއެވެ.

.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް