ހުރިހާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދައްކައި ނިމޭނެ

Loading

October 2, 2025
profile
Facebook
Twitter
WhatsApp

ހުރިހާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދައްކައި ނިމޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، 

‏ސަރުކާރާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވައި، ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނާއި ގަވައިދުގެ ތެރޭން ހުށަހަޅާފައިވާ ބިލުތަކަށް ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ފައިސާ ދައްކައި ނިމޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގަތްއިރު ޤައުމު ވެއްޓިފައިވަނީ ފުން އަނދަވަޅަކަށް ކަމަށާއި، އެކަމުން އަރައިގަތުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މިއީ ހާސިލުކުރެވޭ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް