ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް ފައިސާގެ ބޮޑު އިނާމެއް

Loading

October 2, 2025
profile
Facebook
Twitter
WhatsApp

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފައިސާގެ ބޮޑު އިނާމެއް ދިނުމަށް ނިންމައިފިއެވެ.

އެގޮތުން، މުބާރާތުން ޙާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ބައިވެރިއަކަށް -/75,000 ރުފިޔާ ދިނުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކޮންމެ ގޮތްޕަކުން ދެވަނައަށް އަންނަ ބައިވެރިއަކަށް -/50,000 ރުފިޔާ، އަދި ތިންވަނައަށް އަންނަ ބައިވެރިއަކަށް -/35,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެންމެ ބޮޑު އިނާމުގެ ގޮތުގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމެވެ. ދެން ހުރި އިނާމުތަކަކީ ވުޒާރާއިން ދޭ އިނާމުތަކެކެވެ. މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް ޢުމްރާ ދަތުރު ދިނުމަށް ކަނޑައެޅިފައިވެއެވެ.

އަދި، މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، އަދި ޙާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ބޭނުންވާ ދާއިރާއަކުން އަދި ބޭނުން ޤައުމަކުން ތަޢުލީމު ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލާޝިޕެއް ދެއްވުމަށް ވަނީ ނިންމާފައެވެ.

ހަމަ އެއާއެކު، މުޅި މުބާރާތުން ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވުމަށް ހަމަޖެހިފައިވާ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ހިމެނެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް