ޔަމަނުން އިސްރާއީލަށް ދަތުރުކުރާ މުދާ އުފުލާ މަނަވަރަކަށް ހަމަލާދީފި

Loading

Facebook
Twitter
WhatsApp

ޔަމަނުގެ އަސްކަރިއްޔާ އިން އިޒްރޭލަށް ދަތުރުކުރާ މުދާ އުފުލާ މަނަވަރަކަށް ހަމަލާދީފިއެވެ.


ޔަމަނުގެ އަސްކަރިއްޔާ އިން ހަމަލާދީފައި ވަނީ އިޒްރޭލުގެ ކާގޯ ބޯޓު މިނަރްވާ ގްރެޗަށެވެ.
ޔަމަނުގެ އާމްޑް ފޯސަސްގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވީ، އެ މަނަވަރަށް ހަމަލާ އަމާޒު ކުރީ އިޒްރޭލުގެ ބަނދަރުތަކަށް ދަތުރު ކުރާތީ ކަމަށެވެ.
މިގޮތުން ޔަމަނުން ދިން އެ ހަމަލާގެ ސަބަބުން ބޯޓުގައި އަލިފާން ރޯވެ، ބޯޓު އަޑިއަށް ދިއުމުގެ ބިރު އޮތް ކަމަށް ސާރީ އާ ހަވާާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސާރީ ވިދާޅުވީ ޔަމަނުން ދިން އެ ހަމަލާއިން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަމަނުން ކުރަމުންދާ މަސައްކަތް ދޭހަވާ ކަމަށެވެ.

އަދި ފަލަސްތީނުގެ ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންދެން ޔަމަނުގެ އަސްކަރިއްޔާގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އަސްކަރިއްޔާގެ ތަރުޖަމާނު ސާރީ ވިދާޅުވި އެވެ.

ރަތް ކަނޑު، އަރަބި ކަނޑު، ބާބް އަލް މަންދޭބް އަދި ގަލްފް އޮފް އަދަން ސަރަހައްދުގައި އިޒްރޭލަށް ކަނޑައަޅާފައިވާ ނޭވީ ބްލޮކޭޑް އަދިވެސް ވަރަަށް ވަރުގަދަޔަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި ބްލޮކޭޑްއާ ހިލާފުވެއްޖެ ނަމަ އިތުރު ހަޅުތާލުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ސާރީ ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް