އުތުރުގެ ރަށެއްގައި ފުރާވަރު އުމުރުގެ ފިރިހެން ކުދިންތަކެއް އެ ފުރާގެ އެހެން ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފުލުހުން ބަލަން ފަށާފައި މި ވަނީ މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައި ވަނިކޮށެވެ.
މި ކަން ހިންގާފައިވަނީ ފަޅު ގެއެއްގެ ތެރެއަށް އެ ކުއްޖާ ގެންގޮސްގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
ދައުރުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި، އެ ކުއްޖާގެ ކަންފަތްމަތީގައާއި ބޮލުގައި، އަދި ބޮނބިފަޅިމަތީގައި ގޮށްމުށްކަވާފައި ދެ ކުއްޖަކު ތަކުރާރުކޮށް ޖަހާތަން ފެނެއެވެ.
އެ ކުދިން އަނިޔާކުރަން ފެށުމުން އަނިޔާ ލިބެމުންދިޔަ ކުއްޖާ ފާރުބުޑަށް ތިރިވެއެވެ. އެއާއެކު އަނިޔާކުރަމުންދިޔަ ކުދިން އެކުއްޖާއާ ދުރަށްދާތަން ފެނެއެވެ.
މިއީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމާއެކު އެކުދިންގެ ވަނަވަރާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.