ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދީފައިފައިވާ ފުލެޓްތަކާއި ގޯތިތަކުގެ ލިސްޓަށް ބަދަލު ނުގެނެވޭނެ.

Loading

September 27, 2025
profile
Facebook
Twitter
WhatsApp

ކުރީގެ ސަރުކާރަކީވެސް ރާއްޖޭގެ ރައްޔިތުން ގާނޫނީ ހަމަތަކުގެ މަތީން ވޯޓުލައިގެން އެކުލަވާލާފައިވާ ރައްޔިތުންގެ ސަރުކާރެކެވެ. އެހެން ކަމާއިއެކު އެސަރުކާރުން ފަހިކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުންތައް ބަދަލު ކުރުމަކީ މިސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުރީގެ ސަރުކާރުން ހަދާފައިވާ ފުލެޓްތަކުގެ އެއްބަސް ވުމުގައި ބުނެވިފައިވާ ފަދައިން ފްލެޓްލިބޭ ފަރާތްތަކުން ފަހިކޯޕަރޭޝަނަށް ދައްކަން ހަމަޖެހިފައިވާ ކުށްޔަށްވެސް ބަދަލު ނުގެނެވޭނެއެވެ. އެ އެއްބަސް ވުމުގައި ވަނީ 3 ކޮޓަރީގެ އެޕާޓުމަންޓެއްގެ ކުށްޔަކީ
ހަތްހާސް ރުފިޔާ ކަމަށާއި 2 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަކީ ފަސްހާސް ރުފިޔާ ކަމުގައި ހަމަޖައްސާފައެވެ.
ކަން މިހެން ހުރިއިރު ގައުމަށް ކުރިމަތިވެފައިވާ އިގްތިޞާދީ ދަތިތަކާއި ގުޅިގެން ރައްޔިތުންގެ އަނގަޔާ އަތާދިމާނުވެ ތިބި ވަގުތެއްގައި ފުލެޓްތަކުގެ ކުލިބޮޑުކޮށް އައު އެއްބަސްވުން ތަކެއް އެކުލަވާލުމަކީ ރައްޔިތުންނަށް ލިބޭ އާމްދަނީއިން ހިންދެމި ނުލެވޭ ވަރުގެ ބުރައަކަށް ވަނީ ވެފައެވެ.

ދައުލަތެއް ރައްޔަތުންނަށް އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ޚިލާފުނުވެ އެންމެހާ ރައްޔަތުންނަށް ހަމަހަމަ ކަމާއި އެކު ހިންގަދޭން، ހައްދަވާ ބޮޑުކުރެއްވި ފަރާތް ގަންދީ ހުވާކޮށްގެން ސަރުކާރެއް ހިންގަދޭން ޙަވާލުވާ ބަޔަކަށް ހަމަ ހިތައް އެރުމުން ރައްޔަތުމީހާ އަތުން ބޭނުންވެއްޖެ ހިނދެއްގައި އިތުރު ޓެކްސް ތަކާއި ވާރުތަކެއް ނެގިގެން ނުވާނެއެވެ. ސަރުކާރަކުން ނިންމާ ކަންކަމަކީ ދައުލަތުގެ ނަމުގައި ދައުލަތް ހިންގުމާއި ޙަވާލުވެ ތިބޭއިރު ދައުލަތުން ރައްޔަތުމީހާއާއި ދޭތެރޭ ކުރެވޭ އެއްބަސްވުން ތަކެކެވެ.
އެހެންކަމުން އެފަދަ ދައުލަތުގެ ސިއްކަ ޖެހިފައިވާ އެއްވެސް ލިޔުމަކީ ސަރުކާރުތައް ބަދަލުވުމުން ބޭނުންފުޅުވާހާ ގޮތަކަށް ކޮށާ މަށާލެވޭނެ އެއްޗެއް ނޫންކަން ދެނެގަންނަން ޖެހޭނެއެވެ. އެފަދަ އެއްބަސްވުންތަކުގައި މައްސަލަ އުޅޭކަމަށް ވާނަމަ އެ ނުހަމަގޮތަށް ހިންގައިފާވާ ޢަމަލެއް އެކަމެއް ނިންމި މީހަކަށް ދައުލަތުން ބޮޑެތި އަދަބު ދޭންޖެހޭނެއެވެ. އެހެނީ އޭނާ އެނިންމި ކަންތައްތަކަކީ ދައުލަތާއި ރައްޔަތުންނާ ދޭތެރޭގައި ވެވުނު އެއްބަސްވުން ތަކަކަށް ވާތީއެވެ. ދައުލަތުން ރައްޔަތުންނާއި ދޭތެރޭ ފޭކް ނުވަތަ ވަނުވާ ނޭގޭ އެއްބަސްވުން ތަކެއް ނުހަދާނެއެވެ. ދައުލަތުގެ އަބުރާއި ކަރާމާތް ނުހިފެހެއްޓޭ ގޮތަށް އެއްވެސް ސަރުކާރަކުން ޢަމަލެއް ހިންގިގެން ނުވާނެއެވެ.
މިމަގުންކަން ކުރަންޖެހޭއިރު ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައި ތިބި ބަޔަކު މިހާރު ފުލެޓް ލިބިފައިވާ މީހުނާއި އަދި ފުލެޓް ދޫކުރަން ނިންމާފައިވާ މީހުނަށް ކުލި އެއަށްވުރެ ބޮޑު ކުރެވިގެން ނުވާނެއެވެ.

ނުސަކާވަރަށް ކުލިތައް ބޮޑުކޮށްލާ ކުލި ދެއްކޭވަރުގެ ކެޕޭސިޓީއެއް ނެތަސް ޙާލަތު ތަންދޭ ގޮތުން އެއްވެސް މީހަކު ފުލެޓާއި ހަވާލު ނުވެ ދޫކޮށް ނުލާނެއެވެ.
އެހެން ކަމާއިއެކު ރައްޔިތުންގެ ކަންކަން މެނޭޖްކުރުމަށް އެމީހުން ހޮވާ ސަރުކާރަކުން ރައްޔިތުންނަށް ނުހިފޭވަރުގެ ކުއްޔެއް ކަނޑައަޅައި އެކުލަވާލައި ރައްޔިތުމީހާގެ އަތުން ނަގަން ނިންމުމަކީ އިހުސާންތެރިކަމެއް ނެތުމެވެ.

ސަރުކާރުން ފަތްދީ ސަރުކާރުން ގެޒެޓްކޮށްފައިވާ ފަރާތްތަކަށް އެތަންތަން ޙަވާލު ކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އެކަން ކުރެވިފައިވަނީ ދައުލަތުގެ ނަމުގައެވެ.

ސަރުކާރުތަކުން އެ ޖަހާ ތައްގަނޑު ތަކަކީ ދައުލަތުގެ ތައްގަޑުތަކެވެ. ވެރިކަމަށް އިސްކުރެވޭ ރާއީސްމީހާގެ އަމިއްލަ ކުންފުންޏެއްގެ ތައްގަނޑެއް ނޫނެވެ. އޮޅިވަޑައި ނުގަންނާވާށެވެ.
އެއްވެސް ރައްޔިތަކަށް ސަރުކާރުން ދީފައިވާ ފުލެޓެއް ގޯއްޗެއް އަތުލާފައި އެހެންފަރާތަކަށް ނުދެއްވާނެ ކަމަށާއި އެކަމާއި އެއްވެސް ރައްޔިތަކު ކަން ބޮޑުނުވުމަށް މިރައީސް ވަނީ ރައްޔިތުންގެ ގާތުގައި ވަޢުދުވެފައެވެ. ރައްޔިތު މީހާއަށް ގޯތީ ނުވަތަ ފުލެޓް ކަނޑައަޅައިދިނީ ސަރުކާރުން އުފެއްދެވި ކޮމެޓީއަކުންނެވެ. އެހެން ކަމުން ރައްޔިތު މީހާއަކީ ފުލެޓަށް ޝަރުތު ހަމަވާ ފަރާތެއް ކަމަށް ނިންމައި އޭނާއާއި ފުލެޓް ނުވަތަ ގޯތި ޙަވާލު ކުރީ ސަރުކާރުންނެވެ.

އެހެން ކަމާއި އެކު ޝަރުތުހަމަވޭތޯ ބެލުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
އެގޮތުގެ މަތިން ސަރުކާރުން ޝަރުތު ހަމަނުވާ ފަރާތަކަށް ބިމެއް، ގެއެއް ނުވަތަ ފުލެޓެއް ދިނަސް އެއީ އެ ލިބުނު މީހާ އަތުން އެތަނެއް އަތުލެވެންޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތު މީހާއަކީ ބޯހިޔާވަހިކަމެއް ނެތި މަގުމަތި ވެފައިވާ މީހެއް ކަމުން ޝަރުތު ހަމަވިޔަސް ނުވިޔަސް އޭނާއަށް ދިނުމަށް ކަނޑައެޅިފައިވާ ފުލެޓް ނުވަތަ ގޯތި އޭނާއަށް ހަމަޖެހިފަވާ ގޮތަށް ދެއްވަން ޖެހޭނެއެވެ. ޝަރުތު ހަމަނުވާމީހާއަށްވެސް އަދި ހަމަވާމީހާއަށް ވެސް ފުލެޓާއި ގޯތި ދިނީ ސަރުކާރަކުންނެވެ. ދައުލަތުގެ ސިލް ޖަހާފައެވެ. އެހެން ކަމުން ފުލެޓާއި ގޯތި ރައްޔިތުމީހާއަށް ދިނުމަށް ސަރުކާރުން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވީނަމަވެސް އެކަމުގެ ކައްފާރާ ރައްޔިތުމީހާ ދިނުމަކީ އޮންނަށް ޖެހޭނެ ދިނީ އަދި ގާނޫނީ ހަމައެއް ނޫންކަން އެންމެނަށްވެސް އެނގޭނެއެވެ.
ރައްޔިތު މީހާގެ ކިބައިގާ ފުލެޓާއިގޯތި ޙައްގުވާ ޝަރުތު ހަމަވިޔަސް ނުވިޔަސް ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ޙައްގުވާނެކަމީ ޝައްކެއް ނެތް ކަމެކެވެ. އެހެން ކަމުން ކުރީގެ ސަރުކާރުން ރައްޔިތުންނަށް ފުލެޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާއި ހަމަތަކުގެ މަތިން އެ ރައްޔިތުމީހާއާއި ގޯތި ނުވަތަ ފުލެޓް ހަވާލު ކުރުމަށްފަހު ދެން ސަރުކާރަކާ ޙަވާލުވާ ބައެއް ބޭނުންގޮތަކަށް އެތަން ތަން އަތުލާ ކުއްޔަށް ބަދަލުގެނެސް ނުހެދޭނެއެވެ. ގެނެވޭ ބަދަލަކީ އެއްވެސް މީހަކަށް ގެއްލުމެއް ލިބޭ ނުވަތަ އިތުރު ތަކުލީފެއް ލިބިދޭ ބަދަލަށް ވެގެން ނުވާނެއެވެ. ވެރިކަން ހޯދުމަށް ހަބޭހަށް ދޮގުހެދުމަށްފަހު ވެރިކަން ލިބުމުން އޭރުއެވީ ވަޢުދުތައް ބޮލާލައިޖަހާ ރައްޔިތުންނަށް ބޭނުންހާ ގޮތަކަށް ދެރަވާރުގެ ޢަމަލުތައް ހިންގާއިގެން ނުވާނެއެވެ.

މިއީ މަގޭ ވެސް ބިމެވެ. މަގޭ ވެސް ގައުމެވެ. ބޮޑު މުސާރައާއި ޢިނާޔަތްތައް ދީފާ ރައްޔަތުންގެ ޚާދިމުން ގޮތުގައި ކަނޑަ އެޅޭ ވަކިމުއްދަތަކަށް ޚިދުމަތް ކޮށްދޭން ވެރިކަން ޙަވާލުކުރިމާ ޚާދިމުކަލޭގެ އެހާއަވަށް ބޯގޮވައި މަވަރުގެ މީހެއްނެތްކަމަށް އެދެކެވެނީ ހަމަ މީހާގެ ލޯގުރޭޑްކަމުންކަން ޔަގީނެވެ. ސައިޒް އޮޅިދާކަމީ ވަރަށްބޮޑު ހިތާމައެކެވެ.
އެހެންކަމުން ފުލެޓެއް ނުވަތަ ގޯއްޗެއް ރައްޔިތަކާއި ހަވާލު ކޮށްފައިވަނީ އުޞުލުން ބޭރުން ކަމަށް ވާނަމަ އެކަންކުރި މުވައްޒިފު، އެވެރީންގެ މައްޗަށް ފިޔަވަޅު އަޅުއްވާށެވެއެވެ. ރައްޔަތުމީހާގެ ގަޔަށް އަތް ނުލައް ވާށެވެ. ރައްޔިތުމީހާއަށް އެތަންތަން ނުލިބޭނެ އެއްވެސް ގޮތެއް ހަދައިގެން ނުވަނެއެވެ.

މި ސަރުކާރަށް ދެއަހަރު ފުރެންދާއިރު ފުލެޓާއި ގޯތި ޙަވާލު ނުކޮށް ތަޅުދަނޑި ނުދީ އެގްރީމެންޓުގައި ސޮއިކުރުވާ ޅޑައުންޓް ޕޭމަންޓުވެސް އަތުލައިފާވާކަމަށް ވެއެވެ. އަނެއްކާ އެކަން އެކުރަނީ ސައްޙަފަރާތަކުން ބާވައޭ ހީކޮށް ރައްޔިތުން ސުވާލު އުފައްދަންވެސް މިވަނީ ފަށައިފައެވެ.
އިވިގެން ދަނީ ”މިމަހު “ ޙަވާލު ކުރާނަން ނުނީ އަންނަމަހު ޙަވާލު ކުރާނަން މިހެންނެވެ. މިއަޑު އިވި އިވި ރައްޔިތުންގެ ބަޔަކު ބޯހަލާކު ވެފާ އެބަތިއްބެވެ.

އަދުލުއިންސާފު – މުޖުތަމަޢުގެ ހަމަޖެހުން. އެނޫން ގޮތްގޮތަށް ޢަމަލު ކުރުމަކީ ދެވޭ އަނިޔާ އެކެވެ.

Loading

5 Responses

  1. ޤަބޫލްކުރަން، އެކަމަކުވެސް ވައްކަމާއި،މަކަރާއި،ހީލަތުންފުލެޓުގެޙައްޤުނުވާބަޔަކަށް ދިނީމަ ހަމައެއްލަމައެއް މިރާއްޖޭގެ ކޮރޮޕްޓްނޫސްތަކުން އެއިރުއެކަންއެނގިތިބެ ދެލޯމަރައިގެންތިބެފަ އެންޓިކޮރޮޕްޝަނުންތަޙުޤީޤު ކުރުމަށްފަހު ޙައްޤުވެރިންނަށް ފުލެޓްދޭންނިންމީމަ ހާދަވަރަކަށް ފޫކަހާލައިގެން ތިއުޅުއްވަނި.،މީގެފަހުން މިޒާތުގެކޮރޮޕްޝަނާއި ވަށްކަންހުއްޓުވަންސަރުކާރާއިގުޅިގެން ރައްޔިތުންމަގުމަށްޗަށް ނިކުންނަން، މިތައްޔާރުވަނި،

Leave a Reply

ފަހުގެ އަޕްޑޭޓް