އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭންޖެހޭ: ޚުޠުބާ

Loading

Facebook
Twitter
WhatsApp
ޚުތުބާ

އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ދީފައިވަނީ ”ދީން ރައްކާތެރިކުރުން“ މި މައުލޫއަށެވެ.

ހުތުބާގައި ބުނީ މާތް ﷲ، އިންސާނުން މި ބިމުގައި ޚަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބަޔާންކޮށްދެއްވުމަށްޓަކައި އެ މީހުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވި ކަމަށެވެ.

އަދި އެ އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީނަށް ކަމަށާއި އަންނާން އޮތް ޖީލުތަކަށް އަހަރެމެން މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭން ޖެހޭ ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.

މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީންކަމަށް ވިޔަސް، އިސްލާމް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް މަސައްކަތްކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ޙުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައި ލުމަށް ކަމަށާއި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނާކަށް އެބައިމީހުން ނުރުހޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

”އެބައިމީހުން ބޭނުންވަނީ، އެ މީހުންގެ ކޮށި ވިސްނުން، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އިސްކުރުމަށެވެ. މިއަދު އިސްލާމް ދީނާ ދެކޮޅު ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން ބޭނުންވާ ނަމަ، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އެ މީހުން ހަދައިފައިވާ ޤާނޫނުތައް އިސްކުރެވިދާނެއެވެ. އެ މީހުން މީސްތަކުންނަށް ވިސްނައިދެނީ މާތް ﷲގެ ޙުކުމްފުޅުތަކަކީ، ހަމައެކަނި ރަސޫލާގެ ޙަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްކަމުގައެވެ. މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުމެވެ.“ ހުުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މުއުމިނުންނަކީ، ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފުސަށްޓަކައި ދިރިއުޅޭ ބަޔެއް ނޫން ކަމަށާއި އެ މީހުންނަކީ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން އެ މީހުންގެ އަޚުންނަށް ވެސް އެދޭ މީހުން ކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ މުއުމިނުންނަކީ ނުބައި ކަންކަމުން އެ މީހުންގެ އަޚުން ރައްކާތެރިކުރާ މީހުން ކަމަށާއި ރަނގަޅު ފަރުދަކު ބިނާކުރެވޭން އޮތީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ މުޖުތަމަޢެއް ބިނާކޮށްގެން ކަމަށާއި މުޖުތަމަޢު ސަލާމަތްވާން އޮތީ ރަނގަޅު ފަރުދުންތަކެއް ބިނާކޮށްގެން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް