ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޤައުމީ ޓީމުގައި ހިމެނުނު އެއް ކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް (އިފުރާ) މިރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
އުމުރުން 36 އަހަރުގެ އިފުރާއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އިފުރާއަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް އެޅުނު ލޭތައް ނެގުމަށް އޮޕަރޭޝަނެއް ކޮށްފައިވެއެވެ.
ނަމަވެސް އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާއެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވާފައެވެ.
19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އިފުރާ ވަނީ 23 އަހަރުން ދަށުގެ ޓީމާއެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ކުޅެފައެވެ.
އޭނާގެ ކެރިއަރުގެ އެންމެ ޚާއްޞަ ކާމިޔާބަކީ 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ޓީމުގައި ހިމެނުމެވެ.
One Response
ސުވަރުގޭގެ ދާއިމީ ނިއުމަތް. އިންޝާﷲ