މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

Loading

September 23, 2025
profile
Facebook
Twitter
WhatsApp

ކަފިހިހުރަސް މަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހުގެ ރޭ 9:30ހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރަކުން ޖެހިގެންނެވެ.

 ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއް ފައިގެ ކަށިމަތި ބިންދައިގެން ގޮސްފައިވާއިރު، އެ މީހާއަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.

މި މައްސަލާގައި ސެޕްޓެންބަރު 22ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ (57އ)އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް