ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލުގެ އާންމު ބަލިތަކާ ބެހޭ ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށައިފިއެވެ.
މާލެ ގްރޫޕް އޮފް ހޮސްޕޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެއިން ފެށިގެން އެ ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމުގެ މަތިން، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފެށި ޚިދުމަތެއް ކަމަށް ޙަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު އެ ކްލިނިކުން ޚިދުމަތް ދޭނެކަމަށެވެ.
މީގެ ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުންދިޔަ އެ ކްލިނިކް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހު ވަނީ ދެ ޝިފްޓަށް ބަދަލުކޮށްފައެވެ.