އަބުރުކަތިލުމަކީ ކޮބާ

Loading

September 19, 2025
profile
Facebook
Twitter
WhatsApp

ދިވެހި ބަހުގައި އަބުރާބެހުން ކަމަށް މާނަކުރަނީ މީހަކު ނުކުރާކަމެއް ކުރިކަމަށް ބުނުމެވެ. އިސްލާމް ދީނުގައި އަބުރު ރައްކާތެތި ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. ކަންއޮތީ މިގޮތަށެވެ.
އެެއްވެސް މުސްލިމަކު އަނެއްމުސްލިމް މީހާގެ މައްޗަށް ތުހުމަތުކޮށް ވާހަކައެއް ފަތުރާން ބޭނުންވެއްޖެ ނަމަ އެކަމުގެ ތެދު ދޮގުބަލައި ޔަގީން ކުރުމަށްފަހު ނޫނީ އެވާހަކަ ފަތުރައިގެން ނުވާނެއެވެ. ތެދެކެވެ!

ކަން މިހެން އޮތްނަމަވެސް މުސްލިމަކު ފަރުދީގޮތުން ކުރާ ކުށަކާއި ސަރުކާރުގެ މަގާމެއްގައި ހުރިމީހަކު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ކުރާކުށާއި ތަފާތުވާނެއެވެ.
މިސާލަކަށް ބާރަށުދާއިރާގެ މަޖިލިސް މެންބަރަކީ ބާރަށު ދާއިރާގެ ރައްޔިތުން ވޯޓުދީގެން އެދާއިރާގެ ރައްޔިތުންގެ ޙައްގަށް ވަކާލާތުކޮށް މުޅިރައްޔިތުން ތަމްސީލު ކުރުމަށްޓަކާ ހޮވާފައިވާ މެންބަރެކެވެ. އޭނަޔަށް ވޯޓް ދިން މީހުންނާއި ނުދިން މީހުނަށްވެސް މެއެވެ. އަދި އެ މެންބަރަކީ ރައްޔިތުންގެ ކުރިމަތީގައި މާތްﷲ ގަންދީ ހުވާކޮށްގެން ހުރި، ރައްޔިތުން ހަވާލުކުރި މަގާމެއް ފުރަމުންދާ މީހަކަށް ވީހިނދުގައެވެ.
އާދޭހެވެ! ދައުލަތަކީ އެންމެހާ ރައްޔިތުންގެ އެއްޗެކެވެ. އޭގައި ދައުލަތުގެ މުދަލާއި ފައިސާ ހިމެނެއެވެ. މުދަލުގެތެރޭގައި ބިމާއި ޢިމާރާތަތަކާއި މުވައްސަސާތަކާއި ފަރުތަކާއި ފަޅުތަކާއި ރާއްޖޭގެ މުޅިސަރަޙައްދު ކަނޑާ ވައިގެ ސަރައްދު ހިމެނެއެވެ.
އެހެން ކަމުން ރައްޔިތުން ހޮވާ މެންބަރުންނަކީ އިސްވެ ބަޔާންކުރެވުނު އެންމެހައި ތަކެއްޗަށް ދައުލަތް އެ މީހާގެ ވާޖިބު އަދާކުރަން ކުރާ ހުވަޔާއި އެއްގޮތު މަތިން އެއްވެސް ބާރަކުން އަދި ދައުލަތް ހިންގުމާއި ޙަވާލުވެ ސަރުކާރުގެ އިސްވެރިން ޢަދުލުވެރި ކަމާއިއެކު ކަންކުަން ޖެހޭނެއެވެ. އެގޮތަށް އެފަރާތްތަކުން ޢަމަލު ނުކުރާނަމަ އެބައިމީހުން މަޖިލީހަށް ގެނެސް ޖަވާބުދާރީ ކުރުވަނއ ޖެހޭނެއެވެ. އެގޮތަށް ޢަމަލު ކުރުމަށް މާތްﷲ ގަންދީ
ހުވާކޮށްގެންތިބި ބަޔަކު ކަނޑަ އެޅިގެން ނިޔާ ޚިލާފަށް ދޮގުހަދާ މަކަރާ ޙީލަތުން އެ މީހުނަށް ވެރިކަމާއި ހަވާލުވި އިރު ލިބިފައި ނުވާ ބާރެއް މަޖިލިސް މެމްބަރުން ގަނެގެން އަވަސް އަރުވައިގަނެގެން ގާނޫނު ބަދަލުކޮށްގެ ނެތް އަބުރެއް ހޯދައިގަތުމަކީ އެމީހާ ކޮށްގެން ހުރި ހުވަޔާއި ވެރިކަން ކޮށްދޭން ހަވާލުވި އަހުދުނާމާ އަށް ޙަރާމްކޯރު ވުމެވެ.
ކަން މިހެން ހުރި އިރު ބާރަށު ދާއިރާގެ މެންބަރާއި އެފަދަ ގޮތެއްފޮތެއްނެތް ހަޔާތްކުޑަކޮށް ފެލިއަރުވާ މިހުންނަށް، އޭނާއަށް ރައްޔިތުން ކަނޑައަޅައި ދީފައިވާ ބައުންޑް ރީއިން ބޭރުވެ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަން އެނގިއްޖެނަމަ އޭނާގެ އަބުރެއް ޢިއްޒަތެއް ދީނިގޮތުންވެސް ގާނޫނީ ގޮތުންވެސް ނޯންނާނެއެވެ.
އެވާހަކަތައް ލިޔެވޭނެއެވެ.
ސަލަފުން ކިޔައިދޭ ރަސޫލާ ޙަދިސާގައި ބުނެދީފައި ވަނީ ތިމަން ރަސޫލާގެ ދަރިކަނބަލުން ފާތުމަތުފާނުން ވައްކަން ކުރެއްވިޔަސް އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ހުށީމެވެ. މިއީ ތެދު ޙާދިސާއެއް ކަމަށް އަހުރެން ގަބޫލުކުރާ ހިނދު، ކުރިން މިދެންނެވުނު މީހުންގެ އެ ނުލަފާ ޢަމަލުތައް ގާނޫނެއް ހަދައިގެންނަމަވެސް ރައްކާތެރި ކޮށްދެއްވުމަށް އެފަދަ ބާރަކަށް ހަރުކަށިކޮށް ، ވެރިމީހާ ދިނީ ވާހަކަ ދައްކަވަމުން، އެ އަޅުއްވަނީ ކީއްވެގެންކަމެއް ނުއެނގުނެވެ.
އެމްއެމް އިންތައްޔާރުކޮށް ނެރެފައިވާ ރިޕޯޓަކުން ހާމަވުމުން އެއްކަލަ ބާރަށުވއެމެންބަރުގެ އަބުރު ގެެއްލިއްޖެއެވެ. އަދި އޭނާއަކީ ކަނޑަައެޅިގެން އެ ނިކަމެތި އިންސާނާ ކުރި ހުވަޔާއި ޚިލާފުވެ ފައިވާ އިޚުލާސްތެރި ކަމެއްނެތް ވައްކަން ކުރާމީހެއްކަމަށް ރައްޔިތުންނަށް ބުނެވިދާނެތާއެވެ!

އޭނާގެ މައްލަތަކެއް އޭސީއިން ބަލާކަމަށް ބުނާއިރު މޯލްޑިވްސް ޕޮލިސްސާވިސްއިންވެސް އޭނާގެ މައްސަލައެއް ބައްލަވަމުން ގެންދާކަމަށް ބުނެފައިވެއެވެ. އެހެނަސް އޭނާ އެހުންނަވަނީ ރައީސާއި ކޮނޑާ ކޮނޑު ޖައްސައި ރައީސް ނިވާފަތްގަޑަކަށް ހަދައިގެންނެވެ. ލަދުގެ ކަންފުޅެއްވެސް ނެތެވެ.
މިފަދަ ޢަމަލުތަކުން ބޮޑެތިވަމުން އަންނަ ދިވެހި ދަރީން ދެކޭނީ ކިހިނެއްތޯއެވެ؟
ދައުލަތުގެ އެއްވެސް އިދާރާއަކުން މިފަދަ ބޮޑެތި ޚޖޔާނާތްތެރީނާ ސުވާލެއް ކޮށްލުމުގެ އުރައްޕެއް ނެތި ދިއުމަކީ ދައުލަތުގެ ހައިބަތު ގެއްލިގެން ދިއުމެވެ.
ސަރުކާރުތައް ބަދަލުވަމުން ދާނެއެވެ. ދައުލަތް އިއްފަތްތެރި ކަމާއި އެކު އަބުރުވެރިކޮށް ދެމިއޮންނަނީ ވާނެއެވެ.

Loading

3 Responses

  1. އަސްލު ވެސް, ވަރަށް ބޮޑު ތެދެއް. ދައުލަތް ޢިއްފަތްތެރިކަން މަތީ ދެމިގެން ދާން ވާނެއެވެ. ހެޔޮ ވެރިކަމެއް ދެން މިރާއްޖެ އަށް ނުލިބޭނެއޭ ހިތަށް އަރަނީ. އެ އެހެނީ އެންމެ ވެސް މަށަށް ކޮންއެއްޗެއްގެ ސުވާލު ކުރާތީ އެވެ. ދައުލަތް ލޭކޮށާލާ ފައިވެސް ތިމަންނާ އަށް ފައިދާ އެއް ލިބުނީމާ އެ ނިމުނު ކަމަށް ދެކޭ މީހުން މާގިނަ ވެއްޖެއެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް